18 Sep 2011, 17:07
މިހާރު ކުރިއަށްދާ 12 ވަނަ ޤައުމީ ނެޓްބޯލް މުބާރާތުގެ ފައިނަލްގެ ދެ ވަނަ ޖާގަ ކުޑަހެންވޭރުން ކަށަވަރު ކޮށްފިއެވެ. ފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރު ކުރީ ކުލަބް ޒެފްރޯލެވެ.
ކުޑަހެންވޭރު ފައިނަލުގެ ދެ ވަނަ ޖާގަ ކަށަވަރު ކުރީ މުބާރަތުގެ ދެ ވަނަ މެޗްގައި ރޭ ގްރީން ސްޓްރީޓްއާ ބައްދަލުކޮށް 59-22 ޕޮއިންޓުން މެޗް ކާމިޔާބު ކޮށްގެން ނެވެ. މެޗްގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ ކުޑަހެންވޭރު ޓީމްގެ އާމިނަތު ނަޒުރާއެވެ.
ކުލަބް ޒެފްރޯލް ފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފައި ވަނީ، މިދިޔަ ހުކުރު ދުވަހުގެ ރޭ ގްރީން ސްޓްރީޓް އަތުން 78-23 ޕޮއިންޓުން މެޗް ކާމިޔާބު ކޮށްގެން ނެވެ. މިމެޗްގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ އީމާ އަބްދުލް ސައްތާރެވެ.
ޖުމްލަ ތިން ޓީމް ވާދަކުރާ، މުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ އަންގާރަ ދުވަހުގެ ރެ އެވެ.
ކުޑަހެންވޭރާއި ޒެފްރޯލް ފައިނަލަށް ދަތުރު ކުރިކަމުގައި ވިޔަސް، ގްރޫޕްގެ މެޗްތައް ފުރިހަމަ ކުރުމުގެ ގޮތުން މި ދެ ޓީމް މިރޭ ވާދަކުރާނެ އެވެ.