ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި ޝާހިދު ކަޕޫރުގެ އަންހެނުން މީރާ ރާޖްޕުތު ފުރަތަމަ ފަހަރަށް ޓީވީ އިސްތިހާރެއް ކުޅެފިއެވެ.

ޝާހިދު ކަޕޫރުގެ ދެވަނަ ދަރިފުޅަށް މިހާރު ބަލިވެއިން، މީރާ ވަނީ އޭނާ ކުޅެފައިވާ އިސްތިހާރު އޭނާގެ އިންސްޓާ ގްރާމުގެ އޮފިޝަލް އެކްއުންޓުގައި ވެސް ޕޯސްޓު ކޮށްފައެވެ. އެ އިސްތިހާރާ އެކު މީރާއަށް އެންމެންގެ ތައުރީފު އޮހެމުން ދަނީވެ. ލޯބިވާ ފިރިމީހާވެސް ވަނީ އެ ޕޯސްޓަށް ތައުރީފްކޮށް ކޮމެންޓް ކޮށްފައެވެ.

ޓައިމްސް އޮފް އިންޑިއާގެ ރިޕޯޓަރެއް ބުނެފައިވަނީ މީރާ އިސްތިހާރު ކުޅެފައިވަނީ ވަރަށް ޕްރޮފެޝަނަލްކޮށް ކަމަށެވެ. އަދި އެންމެ ޝޮޓަކުން އިސްތިިހާރު ޝޫޓްކޮށް ނިންމާލުމުން އެންމެން ވެސް ތިބީ ހައިރާންވެފައި ކަމަށް އޭނާ ބުންޏެވެ.

މީރާ ފުރަތަމަ އަލަށް ކެެމެރާ ކުރިމަށްޗަށް އަރައި އެކްޓްކުރި މި އިސްތިހާރަކީ ސްކިން ޕްރޮޑަކްޓެއް ކަަމަށްވާ "އޮލޭ"ގެ ޕްރޮމޯޝަން އިސްތިހާރެކެވެ.

އެ އިސްތިހާރާއެކު މީރާ ދެން އިތުރު އިސްތިހާރު ތަކުން ފެންނާނެބާއެވެ؟ ނޫނީ ބޮލީވުޑްގެ ފިލްމަކުން ފެނިދާނެބާއެވެ؟ މިއީ މިހާރު ބެލުންތެރިން ހިތަށް އަރާނެ ސުވާލު ތަކެވެ.