08 Aug 2018, 11:43
ކ. ހުރާ ކައިރިން ފަތުރު ވެރިން ގޮވައިގެން ދަތުުރުކުރި ލޯންޗެއްގައި ރޯވެއްޖެއެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ ހާދިސާގައި ރޯވެފައިވަނީ "އޯކިޑް 40" ނަމަކަށް ކިޔާ 90 ފޫޓުގެ ލޯންޗެއްގައި ކަމަށެވެ. އަދި ބުނީ އެ އަލިފާންގަނޑު ނިއްވުމުގައި އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސާސްއިން މިހާރު ހަރަކާތްތެރިވާން ފަށައިފައިވާ ކަމަށެވެ.
އެމްއެންޑީއެފުން ބުނީ އެ ހާދިސާގެ މައުލޫމާތު ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 10:50 ކަން ހާއިރު ކަމަށެވެ.
އެމްއެންޑީއެފްއިން ބުނީ އެ ލޯންޗްގައި ތިބި ފަތުުރުވެރިން ބަނޑޮސް އައިލެންޑް ރިސޯޓްގެ ލޯންޗެއްގައި އެ ރިސޯޓަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި އެ ފަތުރުވެރިންނަށް އެއްވެސް އަނިޔާއެއް ލިބިފައިނުވާ ކަަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.