ބޮލީވުޑްގެ ބަތަލާ ނެހާ ދޫޕިއާއަށް ކުއްޖަކު ލިބެން އުޅޭ ކަމަށް ބޭރުގެ ހަބަރުތައް ބުނަން ފަށައިފިއެވެ.

މީގެ ތިން މަހެއްހާ ދުވަސްކުރިން އޭނާ ވަނީ އޭނާގެ ދުވަސްވީ އެކުވެރިޔާ އަންގަދް ބޭދީއާ ކައިވެނިކޮށްފައެވެ. ކައިވެނިކުރުމަށްފަހު އަވަސް މުސްތަގްބަލެއްގައި ކުއްޖަކު ހޯދާނެ ކަމަށް އެދެމީހުން ވަނީ ބުނެފައެވެ.

ބޭރުގެ ހަބަރުތައް ބުނާގޮތުގައި ނެހާ މިހާރު ކުރިއަށް ވުރެ ބަރުދަން އިތުރުވެއްޖެ ކަމަށާއި ހެދުން އެޅުމުގެ ވަށްޓަފާޅިއަށް ވެސް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.

ނެހާއަށް ކުއްޖަކު ލިބެން އުޅޭ ކަމުގެ ވާހަކަ މީޑިއާގައި ބާރަށް ފެތުރެމުން އައި ނަމަވެސް އެދެތަރިން މިކަމާ މެދު ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ.

ނެހާއަށް ކުއްޖަކު ލިބެން އުޅޭ ކަމުގެ ހަބަރު ވަރަށް އަވަހަށް އިއުލާންކުރާނެ ކަމަށް ވެސް ބައެއް ހަބަރުތައް ބުނެއެވެ.

ނެހާ ވަނީ ބޮލީވުޑްގެ ގިނަ ފިލްމުތަކެއްގައި ހަރަކާތްތެރިވެފައެވެ. އޭގެ ތެރޭގައި "ޖޫލީ"، "އޭ ދިލް ހޭ މުޝްކިލް" އަދި "އައި އޭމް 24" ހިމެނެއެވެ.

އަންގަދްއަކީ ވެސް ބޮލީވުޑްގެ ތަރިއެކެވެ. އޭނާ ވަނީ ބޮލީވުޑްގެ ކާމިޔާބު ފިލްމުތަކުގައި ހަރަކާތްތެރިވެފައެވެ. އޭގެ ތެރޭގައި "ޓައިގާ ޒިންދާ ހޭ"، "ޑިއާ ޒިންދަގީ" އަދި "ޕިންކް" ހިމެނެވެ.