މޯލްޑިވްސް ސްޓޮކް އެކްސް ޗޭންޖް (އެމްއެސްއީ) އަދި ސެކިއުރިޓީ ޑިޕޮސިޓަރީ (އެމްއެސްޑީ) ގެ ސިއީއޯކަމަށް ބޭންކް އޮފް މޯލްޑިވްސް މަޖީދީ ބުރާންޗްގެ އިންޖާޗް ހަސަން މަނިކު ހަމަޖައްސައިފި އެވެ.

ރާއްޖޭގެ ހިއްސާގެ ބާޒާރު ރެގިއުލޭޓް ކުރާ ކުންފުނީގެ ސީއީއޯ ކަމަށް ހަމަޖެއްސުމުގެ ކުރިން ބޭންކުގެ އިސް މަގާމުތަކެއް ފުރުއްވެވި ހަސަން މަނިކަކީ އިނގިރޭސި ވިލާތުގެ ސައުތޭމްޕްޝަން ޔުނިވާސިޓީގައި ބޭންކިން އެންޑް ފައިނޭންސުގެ ރޮގުން މާސްޓާ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ސްކޮޓްލޭންޑުން އެކައުންޓިން އަދި ފައިނޭންސްގެ ދާއިރާއިން ބެޗްލާއެއް ވެސް ހާސިލް ކުރައްވާފަ އެވެ.

އެ ކުންފުނީގެ ބޯޑުން ބުނީ ހަސަން މަނިކުގެ ތައުލީމާއި ތަޖުރިބާ ސްޓޮކް އެކްސްޗޭންޖަށް ލިބޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.