07 Aug 2018, 08:50
ހިންދީ ފިލްމު "ވީރޭ ދީ ވެޑިން"ގައި ހަރަކާތްތެރިވި ތަރި، ސުމީތް ވިޔާސް އެންގޭޖްވެއްޖެއެވެ.
ސުމީތް އެންގޭޖްވެފައިވަނީ އޭނާގެ ލޯބިވެރިޔާ މޮޑެލް، ޓީވީ ތަރި އެކްތާ ކައުލް އާއެވެ.
އެ ދެތަރިން އެންގޭޖްވެފައިވާއިރު އެ ދެމީހުން ކައިވެނިކުރަން ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުއެވެ.
"އަހަރެން އިންނަން އެހިން. އެހި ވަގުތު އެކްތާ ބުނެފި އާނއެކޭ. އޭނާ އަކީ ވަރަށް ރަނގަޅު މީހެއް. ވަރަށް އުފާވޭ އަހަރެން ބަލައިގަތީމަ،" ސުމީތް ބުންޏެވެ.
އެކްތާ ބުނީ އެންމެ ލޯބިވާ މީހާ އާާ ކައިވެނި ކުރުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށާއި އޭނާއަށް ދުވަހަކުވެސް ނޫނެކޭ ނުބުނާނެ ކަމަށެވެ.
އެކްތާ ވަނީ ސްޓާ ޕްލަސްއިން ކުރިން ދެއްކި ޑްރާމާ ސިލްސިލާ "މޭރޭ އަންގްނޭ މޭ"ގައި ހަރަކާތްތެރިވެފައެވެ.
ސުމީތް އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ "ވީރޭ ދީ ވެޑިން" އިންނެވެ.