ޓީޗަރުންގެ ދުވަހުގެ މުނާސަބަތުގައި ޓީޗަރުންނަށް ހާއްސަކޮށްގެން ދޭ އެވޯޑްތަކުގެ ތެރެއިން އިތުރު ހަތަރު އެވޯޑެއް މިއަހަރު އަލަށް ސްޕޮންސާކުރި ފަރާތްތަކާއި އެޑިޔުކޭޝަން މިނިސްޓްރީއާ ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

މިއަދު ސްޕޮންސާކުރި އެވޯޑްތަކުގެ ތެރޭގައި ހިމެނެނީ، އޯކިޑް ހޯލްޑިންގެ ފަރާތުން ސްޕޮންސާކުރި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭ ޓީޗަރުންގެ އެވޯޑާއި، އެލިއާ އިންވެސްޓްމެންޓުން ސްޕޮންސާކުރި ހައާ ސެކެންޑަރީ ޓީޗަރުންގެ ތެރެއިން އެންމެ ވާދަވެރި ޓީޗަރަށް ދޭ އެވޯޑާއި، އެންސިސް ކުންފުނިން ސްޕޮންސާކުރި 25 އަހަރަށް ވުރެ ދިގުމުއްދަތަކަށް ހިދުމަތް ކުރި ބޭފުޅުންނަށް ދެވޭ ލައިފް ޓަައިމް އެޗީވްމަންޓް އެވޯޑްގެ އިތުރަށް ގްލޯބަލް ލިންކުން ސްޕޮންސާ ކޮށްފައިވާ ޓީޗަރުންގެ ދާއިރާގެ ފުރަތަމަ ތިން އަހަރާއި ހަމައަށް ހިދުމަތުގައި އެންމެ ފާހަގަކުރެވޭ ޓީޗަރަށް ދޭ އެވޯޑެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެޑިޔުކޭޝަން މިނސްޓަރ ޝިފާ މުހައްމަދު ވިދާޅުވީ ޓީޗަރުންގެ ދުވަހުގެ މުނާސަބަތުގައި ދެވޭ މި އެވޯޑްތަށް ސްޕޮންސާ ކޮށްފައިވަނީ ކުރިއަށް އޮތް ފަސް އަހަރަށް ކަމަށެވެ.

ޓީޗަރުންގެ ދުވަހުގެ އެވޯރޑަތަކުގެ ތެރެއިން މިދިޔަ އަހަރުވެސްވަނީ ހަ އެވޯޑެއް އެކި ފަރާތްތަކުން ސްޕޮންސާ ކޮށްފަ އެވެ.