06 Aug 2018, 17:30
ބޮލީވުޑްގެ މަޝްހޫރު އަދި ކުޅަދާނަ ބަތަލާ ކާޖޮލްގެ ފިރިމީހާ އަޖޭ ދޭވްގަން ޕްރޮޑިއުސްކޮށް، ޕްރަދީޕް ސަރްކާރު ޑައިރެކްޓްކޮށްފައިވާ "ހެލިކޮޕްޓަރ އީލާ" ގެ ޓްރެއިލާ މިވަނީ ބެލުންތެރިންނަށް ދޫކޮށްލާފައެވެ. ހައިރާންވީލީޑު ރޯލު ކުޅެފައިވާ ކާޖޮލްގެ އެކްޓިން ފެނިފައެވެ.
އަންނަ މަހުގެ ހަތް ވަނަ ދުވަހު ރިލީޒް ކުރަން ހަމަޖެހިފައިވާ އެ ފިލްމުގެ ޓްރެއިލާ ރިލީޒްކުރީ ކާޖޮލް އަށް 44 އަހަރު ފުރުނު އުފަންދުވަހުގެ ހަދިޔާއެއްގެ ގޮތުގައެވެ.
ކަޖޮލް އަކީ ކޮންމެ ފިލްމެއްގައިވެސް ތަފާތު ދައްކާ މޮޅު އެކްޓަރެކެވެ. އޭނާގެ ފިލްމުތަކަށް އެންމެންވެސް ލޯބި ކުރެއެވެ. ކާޖަލް ހަމަ މޮޅީއެވެ. "ހެލިކޮޕްޓަރ އީލާ" އިން ވެސް އޭނާގެ ހުނަރު އެންމެ ފުރިހަމަޔަށް ދައްކާނެ ކަން އިނގުނީ ޓްރެއިލާ ބަލާލުމުންނެވެ.
ޓްރެއިލާ ފެށިގެން އަންނަނީ ކާޖޮލް އާއި ފިލްމުން ފެނިގެންދާ ބަތަލް ރިދީ ސެން ގެ މަަންޒަރުތަކުން އެންމެން ހެއްވާލަމުންނެވެ. ނަމަވެސް މެދުތެރެއިން ހިތާމާގެ ކަނކަޑަކަށް ދާން ޖެހެއެވެ. ޓްރެއިލާ އިންވެސް އެނގެނީ ފިލްމުން ފުން އަސަރު ތަކެއް ދައްކުވަދޭނެ ކަމެވެ.
"ހެލިކޮޕްޓަރ އީލާ" ގައި ކާޖޮލް ކުޅެފައިވަނީ އެކަނިވެރި މަންމަ އެއްގެ ރޯލެވެ. އޭނާގެ ދަރިފުޅަށް ރަނގަޅު މުސްތަގުބަލެއް ހޯދައިދިނުމަށްޓަކައި އޭނާ ދެކުނު ހުރިހާ ހުވަފެންތަކެއް ގުރުބާންކޮށްގެން އުޅެމުންދާ ތަން ޓްރެއިލާ އިން ފެނިގެންދެއެވެ. އެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް އަނެއްކާވެސް މަސައްކަތްކުރުމަށް އޭނާއަށް ހިތްވަރުދެނީ ދަރިފުޅެވެ.
މިއީ ހަތަރު އަހަރަށް ފަހު ކާޖޮލް ސްކްރީނަށް އަންނަ ފިލްމެވެ. އޭނާ އެންމެ ފަހުން ފެނިގެންގޮސްފައިވަނީ ޝާހްރުކް ޚާންގެ ފިލްމު "ދިލްވާލޭ" އިންނެވެ.