ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ނައިބު ރައީސް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރު އަދި ޖޭއެސްސީއަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅުއްވާފައިވާ މެމްބަރު އިބްރާހިމް ރިޒާ ހަމަހައްސައިފި އެވެ.

ރިޒާ ޖޭއެސްސީގެ ނައިބު ރައީސް ކަމަށް ހަމަޖައްސާފައިވާ ކަން އެ ކޮމިޝަންގެ އިންފޮމޭޝަން އޮފިސަރު ހަސަން ޒަހީން ވަނީ ކަށަވަރުކޮށްދެއްވައިފަ އެވެ.

ޖޭއެސްސީގެ ނައިބު ރައީސް ކަމުގެ މަގާމު ހުސްވީ އެ ކޮމިޝަންގެ ނައިބު ރައީސްކަން ކުރިން ކުރެއްވި މުހައްމަދު ފައިސަލް ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރުމާ ގުޅިގެންނެވެ.

ފަނޑިޔާރު ކަމަށް އައްޔަން ކުރުމުގެ ކުރިން ފައިސަލް ވަނީ ޖޭއެސްސީގެ މެމްބަރު ކަމުން އިސްތިއުފާ ދެއްވައިފަ އެވެ.

ރިޒާ ޖޭއެސްސީގެ މެމްބަރު ކަމަށް އައްޔަން ކުރީ 2014 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ.