06 Aug 2018, 15:20
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިސްލާމިކްގެ ޕާސަނަލް ފައިނޭންސިންގެ ދަށުން މުދާ ގަންނަ މީހުންގެ ތެރެއިން ގުރުއަތުން ހޮވޭ ދެ މީހަކަށް އުމްރާ ދަތުރެއް ލިބޭ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
މި ޕްރޮމޯޝަންގެ ދަށުން އެކި ކުންފުނިތަކުގެ މުވައްޒަފުންނާއި، ރަށް ރަށުގައި އުޅޭ މީހުންނަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމްތައް ހިންގުމުގެ އިތުރުން، ޕާސަނަލް ފައިނޭންސިން ބޭނުންވާ މީހުންނަށް ފަސޭހައިން އެޕްލިކޭޝަން ހުށަހެޅޭނެ ގޮތް ހަމަޖައްސާފައިވާ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.
ފުޅާ ދާއިރާއެއްގައި ބޭންކިންގެ ހިދުމަތް ދެމުން އަންނަ ކުންފުނިން ބުނީ މި މަހުގެ ނިޔަލަށް ކުރިއަށް ގެންދާ ޕްރޮމޯޝަނުގައި، ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިންގެ ދަށުން 100،000ރ.އާ ހަމައަށް ވިޔަފާރި ކުރެވޭނެ ކަމަށެވެ.
ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން ބޭނުންކޮށްގެން، ގަނެވޭ ސާމާނުގެ ތެރޭގައި ގޭތެރެއަށް ބޭނުންވާ ސާމާނުން ފެށިގެން ކޮންސްޓްރަކްޝަން މެޓީރިއަލް ވެސް ހިމެނެ އެވެ. އަދި އިސްލާމިކް ޕާސަނަލް ފައިނޭންސިންގެ ދަށުން ގަންނަ މުދާ، ހަތް ދުވަހުގެ ތެރޭގައި ލިބޭނެ ކަމަށް ބީއެމްއެލުން ބުނެ އެވެ.
ޕާސަނަލް ފައިނޭންސިންގެ އިތުރުން ގެދޮރު އިމާރާތް ކުރުމަށް ހާއްސަ ފައިނޭންސިން ފެސިލިޓީސްތައް ވެސް ބީއެމްއެލް އިސްލާމިކް އިން އަންނަނީ ދޫކުރަމުންނެވެ.