06 Aug 2018, 09:06
މިނިސްޓްރީ އޮފް އިލްލާމިކް އެފެއާސްގެ ހުއްދައާ ނުލައި ރަށްތަކުގައި މި އަހަރުގެ އަޟުހާ އީދު ނަމާދު ބޮޑު ޖަމާއަތުގައި ނުކުރުމަށް އެ މިނިސްޓްރީ އިން އަންގައިފި އެވެ.
އިސްލާމިކް މިނިސްޓްރީ އިން އިއްޔެ ނެރުނު ސާކިއުލާއެއްގައި ބުނެފައި ވަނީ މި އަހަރުގެ އަޟްހާ ހީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރުމަށް އެކަމަށް އެދި، ރަށްރަށުގެ ކައުންސިލްތަކުން ނުވަތަ ޖަމިއްޔާތަކުން އެ މިނިސްޓްރީއަށް ހުށަހަޅައި ހުއްދަ ހޯދައިގެން ނޫން ގޮތަކަށް ބޮޑު ޖަމާއަތުގައި އީދު ނަމާދު ކޮށްގެން ނުވާނެ ކަމަށެވެ.
މީގެ އިތުރުން އެ ސާކިއުލާގައި ބުނެފައި ވަނީ އަޟްހާ އީދު ނަމާދު އިމާމުވެ ކުރައްވާ ބޭފުޅުންގެ މައުލޫމާތުވެސް އެ މިނިސްޓްރީއަށް ފޮނުވައި ހުއްދަ ހޯދަން ޖެހޭނެ ކަމަށެވެ.
އިސްލާމިކް މިނިސްޓްރީގެ ހުއްދައާ ނުލައި ބޮޑު ޖަމާއަތުގައި އަޟްހާ އީދު ނުކުރެވޭ ގޮތަށް ހަމަޖައްސާފައިވާ އިރު މީގެ ކުރިން ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރަނީ ކައުންސިލްތަކުން ނިންމައިގެންނެވެ.