ށ. ފުނަދޫ އެއާޕޯޓުގައި ތާރުއެޅުމުގެ ކުރިން އަޅާ އޭބީސީ ލޭޔަރު (އެގްރިގޭޓް ބޭސް ކޯސް) އެޅުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި އެވެ.

ސަރުކާރުގެ ޚަރަދުގައި އެމްޓީސީސީއާ ހަވާލުކޮށްގެން ހަދާ ފުނަދޫ އެއާޕޯޓް އެޅުމަށް އެ ރަށުގެ އުތުރުގެ ހުޅަނގު ފަރާތު މޫދުން މަހާޖައްރާފު ބޭނުން ކޮށްގެން 21 ހެކްޓަރަށް ވުރެ ބޮޑު ސަރަހައްދެއް ވަނީ ހިއްކައި ނިންމައިފަ އެވެ.

ރަންވޭގެ ސަބްގްރީޑިންގް މަސައްކަތް ނިންމައި އޭބީސީ ލޭޔަރު އަޅަން ފެށީ މިރޭ ކަމަށް އެމްޓީޓީސީގެ އޮފިޝަލަކު ވިދާޅުވި އެވެ. އޭބީސީ ލޭޔަރަކީ ތާރުއެޅުމުގެ ކުރިން އަޅާ ލޭޔަރެކެވެ. ތާރު އަޅާނީ އޭބީސީ ލޭޔަރުގެ މަސައްކަތް ނިމުމުންނެވެ.

ފުނަދޫގައި ސަރުކާރުން ކުރިއަށްގެންދާ އިތުރު ދެ މަޝްރޫއު އަށް ބަލާއިރު އެއާޕޯޓް އެޅުމަށް ހިއްކި ބިން ވަށާއި ބޮޑު ހިލަޖެހުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމެވެ. އެ މަސައްކަތުގެ 91 ޕަސެންޓް މަސައްކަތް ނިންމާފައިވާ އިރު 600 މީޓަރުގެ ތޮއްޓެއްލާގޮތަށް ވަނީ ހަމަޖެހިފަ އެވެ.

އޭގެއިތުން ފުނަދޫ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތްވެސް އެމްޓީސީސީން މިހާރު ވަނީ ފަށާފަ އެވެ.