05 Aug 2018, 20:50
އައިލެންޑް އޭވިއޭޝަނުން ބޭއްވި ޤުރުއާން މުބާރާތުން އެއްވަނައަށް އަކްމަލް އަޖުވަދު އަލީ، މަލްކާ މުހައްމަދު ހަބީބްއާއި އަހުމަދު ޝައިހާން މުހައްމަދު އަދި އައިމިނަތު އައިނީ ހޮވިއްޖެއެވެ.
ރަމަޟާން މަހުގެ ހަރޯދައިގެ ތެރޭގައި އައިލެންޑް އޭވިއޭޝަނުން ބޭއްވި މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ރޭ އިސްލާމީ މަރުކަޒުގެ ހޯލުގައި ބޭއްވި ރަސްމިއްޔާތުގައި ހާއްސަ ވަނަތަކަށް އައި ފަރާތްތަކަށް އިނާމްތައް ހަވާލުކޮށްދެއްވީ އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއުއެވެ.
ކުޑަކުދިންނާއި އަދި އައިލެންޑް އޭވިއޭޝަންގެ އެކި ޑިޕާޓްމަންޓްތަކަށް ހުޅުވާލައިގެެން އެ މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ތިން ކެޓެގަރީއަކަށް ބަހާލައިގެންނެވެ.
މުބާރާތުގެ ކެޓެގަރީތަކާއި ވަނަތަކަށް ހޮވުނު ކުދިން
އަށް އަހަރުން ދަށް ބަލައިގެން
- 1 ވަނަ -އަކްމަލް އަޖުވަދު އަލީ/ ބަނަފްސާގެ، ސ. ހުޅުދޫ
- 2 ވަނަ- ސާރާ އަބްދުއް ނާސިރު/ ބޮޑުގެ، ހއ. ކެލާ
3 ވަނަ-
އަނާޔާ މުހައްމަދު ސާލިހް/ ހ. ނޫމާގެ
- އަމަތުﷲ ބިންތު އިބްރާހިމް އިމާޒު/ އައްސޭރި، ހއ. އުތީމު

އައިލެންޑް އޭވިއޭޝަނުން ބޭއްވި ގުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން---ފޮޓޯ: އައިލެންޑް އޭވިއޭޝަން
އަށް އަހަރުން ދަށް ނުބަލާ
1 ވަނަ-
- މަލްކާ މުހައްމަދު ހަބީބު/ ވާދީ، ސ. ފޭދޫ
- އަހުމަދު ޝައިހާން މުހައްމަދު/ ހ. ރުކުކުމާގެ
2 ވަނަ- ބަލްގިސް އަބްދުއް ރަހްމާން ޔޫނުސް/ ހ. އަސްފަރު
3 ވަނަ- ޒަލަފް މުހައްމަދު ފިރުދައުސް/ އަޅިވިލާގެ، ގދ. ނަޑެއްލާ
މުވައްޒިފުން (30 އަހަރުން ދަށް ބަލައިގެން)
- 1 ވަނަ - އައިމިނަތު އައިނާ- ކޮމާޝަލް
- 2 ވަނަ - މުޒްނާ މުހައްމަދު - ހިއުމަން ރިސޯސާސް
- 3 ވަނަ - މުހައްމަދު ނިޝާއު/ މޯލްޑިވިއަން ގްރައުންޑް އޮޕަރޭޝަން
މިއީ އައިލެންޑް އޭވިއޭޝަން ބޭއްވި އެފަދަ ދެވަނަ ޤުރުއާން މުބާރާތެވެ. އަދި ކުރިއަށް އޮތް ތަނުގައި އެ މުބާރާތް ފުޅާކުރާނެ ކަމަށްވެސް އައިލެންޑް އޭވިއޭޝަނުން ބުންޏެވެ.