މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމްއެލްއެސްޑީޕީ)ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް ހެދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފިއެވެ.

އީސީ އިން މިއަދު ކުރި ޓްވީޓެއްގައި ބުނީ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށްޓަކައި ކުރަން ޖެހޭ ކަންކަން ކުރުމުގެ ހުއްދަ ދީފައިވާ ކަމަށެވެ.

މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ އުފެއްދުމަށް އީސީއަށް ހުށަހަޅާފައިވަނީ ގާނޫނީ ވަކީލް އަބްދުﷲ ހަސީނެވެ.

އޭނާ ވަނީ މީގެ ކުރިންވެސް މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޖަސްޓިސްގެ ނަމުގައި ޕާޓީއެއް އުފެއްދުމަށް އީސީއަށް ހުށައަޅައިފައެވެ. ނަމަވެސް އެ ނަމުގައި ޕާޓީއެއް އުފެއްދުމައް އީސީއިން ހުއްދައެއް ނުދިނެވެ.

މިދިޔަ އޭޕްރީލް މަހު ވެސް އާ ދެ ޕާޓީއެއް އުފައްދަން ބަޔަކު އީސީއަށް ހުށަހެޅި އެވެ. ނަމަވެސް އެ ދެ ފަރާތަކަށް އީސީއިން ހުއްދަ ދީފައެއް ނުވެއެވެ.