05 Aug 2018, 13:04
ގާނޫނީ ވަކީލުކަމުގެ ހުއްދައަށް އެދުމުގެ ފުރުސަތު ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ހުޅުވާލައިފި އެވެ.
ޑީޖީއޭ އިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ވަކީލުކަމުގެ ހުއްދަ އަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި އެކަމަށް ބޭނުންވާ ފޯމާއި ތަކެތި ފުރިހަމަ ކުރުމަށް ފަހު އެ ޑިޕާޓްމެންޓަށް ހުށަހެޅުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
ވަކީލު ކަމުގެ ހުއްދަ ދެނީ ގާނޫނީ ދާއިރާ އިން ނުވަތަ ޝަރީއާ އިން ޑިގްރީއެއް ހާސިލް ކުރުމުންނެވެ.
އެ ފުރުސަތު ވަކި ދުވަހެއްގައި ބަންދުވާނެ ކަމަކަށް އެ އިއުލާނުގައި ބުނެފައެއް ނުވެ އެވެ.
ވަކީލުކަމުގެ ހުއްދަ އަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލި އިރު، މިިދިޔަ ހޯމަ ދުވަހު ވެސް 180 އަށް ވުރެ ގިނަ މީހުންނަށް ވަކީލު ކަމުގެ ހުއްދަ ދިނެވެ.
ގާނޫނީ ވަކީލު ކަމުގެ ހުއްދަ ނުލިބި ގިނަދުވަސްވާތީ ސަކުވާ ލިބޭ ކަމަށާއި އެކަންތައްތައް ހައްލު ކޮށްދޭނެ ކަމައް ސަރުކާރުން ވަނީ ދާދި ފަހުން ބުނެފަ އެވެ.