ނ މާފަރުގައި ތަރައްގީކުރާ އެއާޕޯޓުގައި މި ފެށޭ ހަފްތާ ޓެސްޓު ފްލައިޓު ޖައްސާނެ ކަމަށް ރީޖަނަލް އެއާޕޯޓްސް އިން ބުނެފިއެވެ.

ރީޖަނަލް އެއާޕޯޓްސްގެ ޑިރެކްޓަރު ޖެނެރަލް ސާމީ އަގީލް "ސަން" އަށް ވިދާޅުވީ މިހާރު ކުރިއަށްދަނީ ރަންވޭގައި ކުރަހާ މާކުތަކުގެ މަސައްކަތް ކަމަށެވެ.

"ކުރިއަށް އޮތް ދެ ދުވަސް ތެރޭ އެ މަސައްކަތް ކޮށް ނިންމާލެވޭނެ. ފެށޭ ހަފްތާ ޓެސްޓު ފްލައިޓު ޖެއްސޭތޯ މި ބަލަނީ،" ސާމީ ވިދާޅުވީ މި މަހުގެ ފަހުކޮޅު އެއާޕޯޓު ބޭނުންކުރަން ފެށޭވަރުވާނެ ކަމަށެވެ.

ސިންގަޕޫރުގެ ޓަފް އޮފް ޝޯ ކުންފުންޏާ ހަވާލުކޮށްގެން ޔޫއޭއީގެ އެހީގައި ތަރައްގީކުރާ މި އެއާޕޯޓަކީ ޓަކީ އެއާބަސް އޭ320 އަދި ބޮއިންގް 737 މަރުކާގެ މަތިންދާބޯޓު ޖެއްސޭނެ ރަންވޭ އަކާއެކު ތަރައްޖީ ކުރާ އެއާޕޯޓެކެވެ.

މާފަރު އެއާޕޯޓުގައި ތަރައްގީކުރަނީ 2.2 ކިލޯމީޓަރުގެ ރަންވޭއެކެވެ. މި އެއާޕޯޓުގައި ޕެސެންޖަރު ޓާމިނަލްގެ އިތުރުން ވީިވީއައިޕީ ޓާމިނަލްއަކާއި ޖެޓް ޕާކިންގް ފެސިލިޓީޒް ހިމެނޭނެއެވެ.

އިންޓަނޭޝަނަލް އެއާޕޯޓަކާއެކު މާފަރުގައި ސިޓީ ހޮޓަލެއްވެސް ތަރައްގީ ކުރާނެއެވެ.