04 Aug 2018, 16:18
ހިސާބު އިލްމަށް އެންމެ މޮޅު މީހުންނަށް ދޭ ޝަރަފުވެރިކަމުގެ އެވޯޑު ދިންތާ އިރުކޮޅެއްތެރޭ އެ އެވޯޑު ވަގަށް ނަގައިފި އެވެ.
ބްރެޒިލްގެ ރިއޯ ޑީޖެނޭރޯގައި ބޭއްވި ހަފްލާއެއްގައި ހަތަރު މީހަކަށް ވަނީ މި އެވޯޑު ދީފަ އެވެ. އެވޯޑު ލިބުނު މީހުންގެ ތެރޭގައި އީރާނުން އިނގިރޭސިވިލާތަށް އެތެރެވެފައިވާ، މިހާރު ކޭމްބްރިޖް ޔުނިވާސިޓީގެ ޕްރޮފެސަރެއްގެ މަގާމުގައި ހުންނެވި ކައުޗާ ބިކްރާ ހިމެނެ އެެވެ.
ކައުޗާ އަށް ލިބުނު އެވޯޑު 14 ކެރެޓުގެ ގޯލްޑު މެޑަލް ވަގަށް ނަގާފައި ވަނީ ފޯނާއި ވޮލެޓާ އެކު އޭނާގެ ބްރިފް ކޭހުގެ ތެރެއަށް ލާފައި އޮއްވަ އެވެ.
މޭޒެއްގެ މަތީ ބާއްވާފައި އޮއްވައި ވަގަށް ނެގި އެއްޗެހީގެ ތެރެއިން ސެކިއުރިޓީންގެ މަސައްކަތުން ފޯނު ވަނީ ހޯދައިފަ އެެވެ.
އެ މައްސަލާގައި ދެ މީހަކަށް ޝައްކު ކުރެވޭ ކަމަށާއި ސީސީޓިވީ ފޫޓޭޖުގެ އެހީގަައި އެމީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބްރެޒިލްގެ ފުލުހުންނާ ހަވާލާދީ ރޮއިޓާސް އިން ބުނެ އެވެ.
ބައިރޭޝަނަލް ޖިއޯމެޓްރީގެ ރޮނގުން ހޯދާފައިވާ ކާމިޔާބީ އަށް ކައުޗާ އަށް ލިބުނު އެވޯޑަކީ ކުޑައިރުއްސުރެ އޭނާ ދެކެމުން އައި ހުވެފެނެއް ކަމަށް ކައުޗާ ބުނެފައިވެ އެވެ.
ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު ދޭ މި އެވޯޑާ ޢެކު ފައިސާގެ އިނާމެއްވެސް ދެ އެވެ.