ބޮލީވުޑްގެ ކާމިޔާބު ޕްރޮޑިއުސަރު، ރިއާ ކަޕޫރު ރާއްޖޭގެ ހިތްގައިމު ރިސޯޓެއްގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.

ރިއާ އަކީ ކުޅަދާނަ ބަތަލު އަނިލް ކަޕޫރުގެ ދަރިފުޅެވެ. އަދި ބަތަލާ ސޯނަމް ކަޕޫރުގެ ކޮއްކޮ އެވެ.

ރިއާ ޗުއްޓީ ހޭދަކުރަމުން ދަނީ ސޮނެވާ ޖާނީގައެވެ. ރާއްޖޭގެ ހިތްގައިމު މަންޒަރުތައް ފެންނަ ގޮތަށް ރިއާ ވަނީ އޭނާގެ އިންސްޓަގްރާމް އޮފިޝަލް އެކައުންޓްގައި ފޮޓޯތައް ހިއްސާކޮށްފައެވެ.

Home for the holidays. Low key. @discoversoneva

A post shared byRhea Kapoor(@rheakapoor) on

އުމުރުން 31 އަހަރުގެ ރިއާ އެންމެ ފަހުން ޕްރޮޑިއުސްކުރި ފިލްމަކީ "ވީރޭ ދި ވެޑިން" އެވެ.

ރިއާގެ އިތުރުން ވެސް ގިނަ ފަންނާނުން ތަކެއް ދަނީ ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެއަށް ޒިޔާރަތްކުރަމުންނެވެ.