04 Aug 2018, 11:34
ކ. ތިލަފުށީގެ ކޮމްޕްރެސަރެއްގައި އެއްޗެއް ގޮވައި ތިން މީހަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުން ބުނީ މިއަދު ހެނދުނު 09:34 ގައި އެ ހާދިސާ ހިނގި ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
އެ ހާދިސާގައި އަނިޔާވެފައި ވަނީ ދެ ބިދޭސީންނާއި ދިވެއްސަކަށެވެ.
ހާދިސާގައި އަނިޔާވި ތިން މީހުން ވެސް އައިޖީއެމްއެޗް އަށް ގެންގޮސް ފަރުވާދޭން ފަށާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި ހާދިސާގައި އަނިޔާވެފައި ވަނީ ދިވެއްސަކަށާއި ދެ ބިދޭސީންނަށެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ސަން އަށް ވިދާޅުވީ އަނިޔާވި ތިން މީހުން ވެސް އައިޖީއެމްއެޗް އަށް ގެންގޮސް އެމެޖެންސީގައި ފަރުވާދޭން ފަށާފައިވާ ކަމަށެވެ.
"ތިން މީހަކު ގެނެސްގެން ފަރުވާދެމުން މިދަނީ. ކޮންމެވެސް ވަރަކަށް ފިހިފައި. އެކަމަކު ތިން މީހުން ވެސް ސްޓޭބަލް،" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.