04 Aug 2018, 11:18
އެންމެ ގިނައިން ބޭންކް ޕްރޮފިޓް ޓެކްސް ދެއްކި ކުންފުންޏަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހޮވިއްޖެ އެވެ.
މިއީ އެންމެ ގިނައިން ބޭންކް ޕްރޮފިޓް ޓެކްސް ދައްކައިގެން ބީއެމްއެލް އަށް މީރާ "ރަންލާރި" އެވޯޑު ލިބުނު ހަތަރުވަނަ އަހަރެވެ.
ރޭ ބޭއްވި މީރާގެ ރަންލާރި އެވޯޑު ހަފްލާގައި ބީއެމްއެލްގެ ފަރާތުން އެވޯޑާ ހަވާލުވެވަޑައިގަތީ އެ ބޭންކުގެ ލީގަލް އެފެއާޒް އައިޝަތު ސަމާ އެވެ.
ބީއެމްއެލް އިން މިދިޔަ އަހަރު ޓެކްސް އާއި ހިއްސާގެ ފައިދާގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ މީރާ އަށް ދައްކާފައިވާއިރު ޓެކްސް އަށް ކެނޑުމަށް ފަހު ސާފު ފައިދާގެ ގޮތުގައި 1.038 ބިލިއަން ރުފިޔާ ވަނީ ބެންކަށް ލިބިފަ އެވެ.
ބީއެމްއެލްގެ އިތުރުން ރާއްޖޭގައި އިތުރު އަށް ބޭންކަކުން ހިދުމަތްދެ އެވެ.