އެންމެ ގިނައިން ބިޒްނަސް ޕްރޮފިޓް ޓެކްސް (ބީޕީޓީ) އަދި ބޮޑެތި ވިޔަފާރިތަކުގެ ތެރެއިން އެންމެ ގިނައިން ޓެކްސް ދެއްކި ކުންފުނިތަކުގެ ތެރޭގައި އުރީދޫ ހިމެނިއްޖެ އެވެ.

ދައުލަތުގެ ޓެކްސް އިދާރާ، މީރާގެ އަށްވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ރޭބޭއްވި "ރަންލާރި" އެވޯޑު ހަފްލާގައި 11ދާއިރާ އަކުން 17 ކުންފުންޏަކަށް ވަނީ އެވޯޑު ދީފަ އެވެ.

އޭގެ ތެރޭގައި ބީޕީޓީ ދައްކާ ފަރާތްތަކާއި، ފަތުރުވެރިކަމުގެ ދާއިރާގެ އެކި ވިޔަފާރިތަކުގައި ވިޔަފާރިކުރާ ކުންފުނިތަކާއި ބޮޑެތި އަދި މެދު ފަންތީގެ އިތުރުން ކުދި ވިޔަފާރިތައް ހިމެނެ އެވެ. އަދި ވިތުހޯލްޑިން ޓެކްސް އާއި ބޭންކް ޕްރޮފިޓް ޓެކްސްގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ގިނައިން ޓެކްސް ދައްކާފައިވާ ކުންފުނިތައް ހިމެނެ އެވެ.

ދެހާސް ފަސް ވަނަ އަހަރުން ފެށިގެން ރާއްޖޭގައި މުވާސަލާތީ ހިދުމަތް ފޯރުކޮށްދެމުން އަންނަ އުރީދޫ އިން އެންމެ ފުރަތަމަ ހިދުމަތް ފަށާފައިވަނީ ވަތަނިއްޔާގެ ނަމުގަ އެވެ. އުރީދޫގެ 13 ވަނަ އަހަރީ ހުސްވި ހަސްފާ ފާހަގަކޮށްފާވާ އިރު އެކުންފުނިން ވަނީ ރާއްޖޭގެ ހިއްސާގެ ބާޒާރުގައި ލިސްޓުކޮށް އާންމުންނަށް ހިއްސާ ވިއްކައިފަ އެވެ.