ރޭ ހުޅުމާލޭގައި ހިނގި މާރާމާރީގައި ބޮލަށް ވަޅިހެރުމުގެ ސަބަބުން ޒަހަމްވި 22 އަހަރުގެ މީހާ ޓްރީޓޮޕް ހޮސްޕިޓަލަށް ބަދަލުކޮށްފިއެވެ.

މާރާމާރީގައި ލިބުނު އަނިޔާތަކަށް އޭނާއަށް އެންމެ ފުރަތަމަ ފަރުވާދީފައިވަނީ ހުޅުމާލޭ ހޮސްޕިޓަލުގައެވެ.

ހުޅުމާލެ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނީގެ މީޑިއާ އޮފިޝަލު ވިދާޅުވީ އޭނާގެ އެތެރެހަށިން ލޭ އައިސްފައިވާ ކަމަށާއި ޓްރީޓޮޕަށް ބަދަލުކުރުމުގެ ކުރިން އިންޓިއުބޭޓް ކޮށްފައިވާ ކަމަށެވެ.

މީގެ ދެ ހަފްތާ ކުރިން ވެސް ހުޅުމާލޭގައި ވަނީ 24 އަހަރުގެ ފިރިހެނެއްގެ ހަތް ތަނަކަށް ވަޅި ހަރައިފައެވެ. އަދި އޭގެ ދުވަސްކޮޅެއް ކުރިން ވެސް ހުޅުމާލޭގައި ވަޅިހަރައި، ޒުވާނަކު ޒަޚަމްކޮށްލި އެވެ.

އެ ވަޅިހެރުންތަކާ ގުޅިގެން ފުލުހުން ހުޅުމާލޭގައި ޚާއްސަ އޮޕަރޭޝަނެއް ވެސް ހިންގިއެވެ.

ފުލުހުން ބުނީ ހުޅުމަލޭ މަރާމާރިތަކާ ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށެވެ. ނަމަވެސް މި މައްސަލަތައް ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ.