އުރީދޫގެ 13 ވަނަ އަހަރީ ދުވަހާ ގުޅިގެން މި މަހުގެ ތެރޭގައި ޑޭޓާ ނަގާ މީހުންނަށް 13 ޕަސެންޓް އިތުރަށް ޑޭޓާ ލިބޭ ޕްރޮމޯޝަނެއް އެ ކުންފުނިން ފަށައިފި އެވެ.

ފުޅާ ދާއިރާއެއްގައި ޓެލެކޮމިއުނިކޭޝަން ހިދުމަތްތައް ދެމުން އަންނަ ކުންފުނިން ބުނީ، ބޯނަސް ޑޭޓާ ލިބޭނީ ޑޭޓާ 99، ޑޭޓާ 110، ޑޭޓާ 160، ޑޭޓާ 220، ޑޭޓާ 330، ޑޭޓާ 440 ނުވަަތަ ޑޭޓާ 1100 ނަގާ މީހުންނަށް ކަމަށެވެ.

"މި އޮފާ އަކީ އަޅުގަނޑުމެންނަށް މެދުކެނޑުމެއް ނެތި ހިއްވަރުދެމުންދާ ކަސްޓަމަރުންނަށް ކުޑަ ހަދިޔާ އެއް. އުރީދޫން މަސައްކަތް ކުރަމުންދާނީ، އެއްދުވަހުން އަނެއް ދުވަހަށް ހިދުމަތުގެ ފެންވަރު ރަގަޅުކޮށް އީޖާދީ އުފެއްދުންތައް ދިވެހިރާއްޖެ އަށް ފޯރުކޮށްދިނުމަށް،" އުރީދޫގެ ޑައިރެކްޓާ އޮފް ސޭލްސް އެންޑް ބްރޭންޑް، ހުސައިން ނިޔާޒު ވިދާޅުވި އެވެ.

އުރީދޫގެ ޑިޖިޓަލް ޕްލެޓްފޯމްތައް ކަމަށްވާ މައި އުރީދޫ އެޕާއި، މަގޭ ޕްލޭންގެ ބޭނުންކޮށްގެން، ނުވަތަ *929# އަށް ގުޅައިގެން، ކޮންމެ ވަގުތެއްގައި އަދިކޮންމެ ތާކު ހުރެގެން ވެސް އުރީދޫގެ ޑޭޓާ ޕެކްތައް ނެގޭނެ އެވެ.