02 Aug 2018, 18:20
މޯލްޑިވްސް ބިޒްނަސް އެވޯޑްސްގެ ޕާޓުނަރުންނާއެކު ސޮއިކޮށްފިއެވެ.
ބިޒްނަސް އެވޯޑްސްގެ އެވޯޑު ދައްކާލައި، ޕާޓްނަރުންނާއެކު ސޮއިކުރުމަށް މިއަދު މާގިރި ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގައި ބްްލޭޒަން އިންކުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހަސަން ހިލްމީ އެވެ.
ބިޒްނަސް އެވޯޑްސްގެ ސްޕޮންސަރުން:
ޓައިޓަލް ސްޕޮންސާ: އެސްޓީއޯ
- ޕްލެޓިނަމް ސްޕޮންސަރުން: އެލައިޑް އަދި ދިރާގު
- ގޯލްޑް ސްޕޮންސަރުން: ޕޯޓްސް ލިމިޓެޑް، ކޯލައިން މޯލްޑިވްސް އަދި އެޓޯލް މާކެޓް
އެންޑޯޒްމެންޓް ޕާޓްނަރުން:
ސަޕޯޓިން ޕާޓްނާ: މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓު
- އެންޑޯޒިން ޕާޓްނަރުން: މިނިސްޓްރީ އޮފް ފިނޭންސް އެންޓް ޓްރެޜަރީ، އެމްއެމްއޭ، ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީ، މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް، ޖޭސީއައިމޯލްޑިވްސް، މޯލްޑިވްް ސްޓޮކް އެކްސްޗޭންޖު، ވިމެން އޮން ބޯޑް، ވިމެން އިން މެނޭޖުމެންޓު، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޓައިޒޭޝަން ބޯޑު، މަޓާޓޯ
ޕާޓްނަރުން:
ހޯސްޓް ޕާޓްނާ: ހުޅުލެ އައިލެންޑް ހޮޓެލް، މާގިރި ހޮޓެލް
- ޕްރިންޓް ޕާޓްނާ: ޕްރިންޓް ލެބް ކްރިއޭޓިވްސް
- ޓެކް ޕާޓްނާ: ކޮޑްފްލައި
- ފޮޓޯގްރަފީ ޕާޓްނާ: އިމޭޖަސްއެމްވީ
- ޑިޒައިން ޕާޓްނާ: ޕްރޯ ޑިޒައިންސް
- އިވެންޓް ޕާޓްނާ: ޔުނިކާ
- އޮފިޝަލް ބްރޯޑްކާސްޓިން ޕާޓްނާ: ޕީއެސްއެމް
- މީޑިއާ ޕާޓްނާ: ސަން މީޑިއާ، މޯލްޑިވްސް ބިޒްނަސް ރިވިއު، އައިލެންޑް ޗީފް
- އެންޓްރީ ކެމްޕެއިން ޕާޓްނާ: މެޕްސް ކޮލެޖް ސްޓޫޑެންޓްސް އެސޯސިއޭޝަން
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޕްރިައވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރު ވިދާޅުވީ ރާއްޖޭގައި ބޭރުގެ ގިނަ ކުންފުނިތައްވެސް ހަރަކާތްތެރިވަމުން އަންނަ ކަމަށާއި ދިވެހި ކުންފުނިތަކުން، ބޭރު ކުންފުނިތަކާ އެއްވަރަށް ފައިހަމަކުރުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
ބިޒްނަސް އެވޯޑު ކުރިއަށް ގެންދިއުމަކީ ރާއްޖޭގެ އިގްތިސާދު ކުރިއަރަމުން އަންނަ ދުވަސްވަރެއްގައި މުހިއްމު ކަމެއް ކަމަށް ވެސް ނިޒާރު ވިދާޅުވިއެވެ.
"މިއީ ވަރަށް ރަނގަޅު ފެށުމެއް، ރާއްޖޭގައި ވަރަށް މަދު ކުންފުންޏެއް މި އުޅެނީ މިފަދަ އެވޯޑު ހާސިލް ކުރާ. އިންޓަނޭޝަނަލީވެސް ގަބޫލުކުރާ އެވޯޑަކަށް މި އެވޯޑު ހެދުމަކީ މުހިއްމު ކަމެއް،"
ބިޒްނަސް އެވޯޑު ފަރުމާކޮށްފައިވަނީ ފެހުރިހީގެ ޑިޒައިނަށެވެ. އެވޯޑު ފަރުމާކޮށްފައިވަނީ ޕްރޯ ޑިޒައިނާސް އިންނެވެ.
ބްލޭޒަން އިންކުން އިންތިޒާމުކުރާ މި އެވޯޑުގެ ޖަޖިން ފަށާފައިވާއިރު އެވޯޑު ހަފްލާ ނުވަތަ ގާލާ އޮންނާނީ މި މަހުގެ ފަހުކޮޅު ކަމަށް ބްލޭޒަން އިންކުން ބުނެއެވެ.
ބިޒްނަސް އެވޯޑްސްގެ ޖަޖިން ޕެނަލްގައި ހިމެނެނީ ހަމްދޫން އަބްދުﷲ ހަމީދު (ހެޑް އޮފް ޖަޖެސް ޕެނަލް)، ޑރ. އާއިޝަތު މުނީޒާ، ޑރ. މަރިޔަމް ވަސީމާ، ޑރ. އަޒްމިރަލްޑާ ޒާހިރު އަދި އަހްމަދު މާޒިންގެ އިތުރުން އަލްއުސްތާޒް އަޝްރަފް ރަޝީދު، އަބްދުﷲ ގިޔާސް ރިޔާޒް، ފާތިމަތު ޝާނާ ފާރޫގު އަދި އިބްރާހިމް އާތިފް ޝަކޫރެވެ.
މޯލްޑިވްސް ބިޒްނަސް އެވޯޑްސްގެ ދަށުން ހަތަރު ދާއިރާ އަކުން ޖުމްލަ 28 އެވޯޑު ދޭން ވަނީ ނިންމައިފައެވެ. މި ދާއިރާ ތަކަކީ އިންޑަސްޓްރީ އެކްސެލެންސް، އެންޓަޕްރައިޒް އެކްސެލެންސް، އިންޑިވިޖުއަލް އެކްސެލެންސް އަދި އެލައިޓް އެވޯޑްސް އެވެ.