ދިވެހިންގެ މެދުގައިވެސް މަޝްހޫރުވެގެން ދިޔަ ހިންދީ ޑްރާމާ ސިލްސިލާ "ކަސޯޓީ ޒިންދަގީ ކޭ"ގެ އާ ސީޒަން އަންނަ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު ދައްކަން ފަށާނެ ކަމަށް ސްޓާޕްލަސް އިން ބުނެފިއެވެ.

ސްޓާޕްލަސް އިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 10ގައި ޑްރާމާ ދައްކަން ފަށާނެ ކަމަށާއި ދައްކާނެ ގަޑިއަކީ ރޭގަނޑު 20:00 ކަމަށެވެ.

ސްޓާޕްލަސްގެ ގިނަ ޑްރާމާތަކެކޭ އެއްފަދައިން މި ޑްރާމާ ވެސް މި ދައްކާނީ ކުރިންވެސް ދެއްކި އުސޫލުން ކޮންމެ ހަފުތާއެއްގެ ވެސް ހޯމަ ދުވަހުން ފެށިގެން ހުކުރު ދުވަހުގެ ނިޔަލަށް ކަމަށް ސްޓާޕްލަސް އިން ބުނެއެވެ.

"ކަސޯޓީ ޒިންދަގީ ކޭ"ގެ ލީޑް ރޯލު ކުޅުނީ ޝްވޭތާ ތިވާރީ އާއި ސިޒާން ހާނެވެ. އެ ޑްރާމާ ސިލްސިލާ އަކީ 2001ގައި ދައްކަން ފެށި ޝޯ އެކެވެ.