02 Aug 2018, 15:00
އަތްފޯރާފަށުގައި މުވާސަލާތީ ޚިދުމަތް އަދި ވަސީލަތްތަށް ފޯރުކޮށްދީގެން ރާއްޖޭގައި ޑިޖިޓަލް ފަރަގުކުރުމަކީ އެންމެ ބޮޑުއެއް އަމާޒުކަމަށްއުރީދޫ މޯލްޑިވްސްގެޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) ނަޖީބް ޚާން ވިދާޅުވެއްޖެއެވެ.
އުރީދޫއަށް 13 އަހަރުފުރުމާ ގުޅިގެން ނެރުއްވި ބަޔާނުގައި އޭނާ ވިދާޅުވީ ޑިޖިޓަލް ހިދުމަތްތަކަށް އަހުލުވެރިކޮށް، ޑިޖިޓަލް ދުނިޔޭގައި ފައިދާ ލިބިގަތުމުގެ ފުރުސަތު ދިނުމަށްޓަކައި އުރީދޫއިން އިންޓަނެޓް ސޭފްޓީ ޕްރޮގްރާމާއި އިސް ރަށްވެހިންނަށް ޑިޖިޓަލް ކަންކަން އުނގަންނައިދިނުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދަމުންދާ ކަމަށެވެ.
ނަޖީބު ވިދާޅުވީ، ޑިޖިޓަލް ދުނިޔޭގައި ކާމިޔާބީ ހޯދުމަށް މުޖުތަމައު ބާރުވެރިކުރުމަށް އުރީދޫއިން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
"އިޖްތިމާއީ އިގްތިސާދީ އާ ފުރުސަތުތަކަށް މަގުފަހިކޮށްދީގެން ދިރިއުޅުމަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭނެ ކަމުގެ ޔަގީންކަން ދެން،" ނަޖީބު ވިދާޅުވިއެވެ.
ފާއިތުވި އަހަރުތަކުގެ ތެރޭގައި އުރީދޫއިން ވަނީ އިތުރުވަމުން އަންނަ މުވާސަލާތީ ބޭނުންތަކަށް އެންމެ އެކަށީގެންވާ ގޮތަށް ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކޮށްފައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެގޮތުން މުޅި ރާއްޖޭއަށް ފެތުރިފައިވާ އަދި އެންމެ ކުރިއަރާފައިވާ 4ޖީ+ ނެޓްވާރކެއް ބިނާ ކުރުމަށް މުހިންމު އިންވެސްޓްމަންޓްތަކެއް ކޮށްފައިވާ ކަމަށާއި މިނެޓްވޯކް މެދުވެރިކޮށް، ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރެގެންވެސް، ދިރުއުޅުމަށް ފައިދާ ކުރާފަދަ ޑިޖިޓަލް ޚިދުމަތްތަށް ބޭނުން ކުރުމުގައި ބޮޑު ފަސޭހަތަކެއް ލިބިގެން ދިޔަކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"މިދިޔަ އަހަރު އެކަނިވެސް ކަސްޓަމަރުންގެ ޑިޖިޓަލް ދިރިއުޅުމަކަށް ބާރުއަޅައިދޭ. ދުވަހުން ދުވަހަށް ކުރާ މަސައްކަތްތަށް ހަރުދަނާކޮށް އަށް ޕްލެޓް ފޯމެއް ވެސް ވަނީ ތައަރަފްކޮށްފައި،" ނަޖީބު ވިދާޅުވިއެވެ.
ވަތަނިޔާ މޯލްޑިވްސްގެ ނަމުގައި 2005 ވަނަ އަހަރު ރާއްޖޭގައި ޚިދުމަތް ދޭންފެށި ކުންފުނި، އުރީދޫ މޯލްޑިވްސްގެ ނަމަށް ބަދަލުކުރީ، 2014 ވަނަ އަހަރުގެ އޭޕްރީލް މަހުގައެވެ. މި ކުންފުނީގެ މައި ކުންފުންޏަކީ، ގަތަރުގެ އުރީދޫ ގްރޫޕެވެ.