01 Aug 2018, 22:11
މަގުބޫލު ކާޓޫނުތަކެއް ގެނެސްދީފައިވާ ޑްރީމް ވޯކްސްގެ ީވީ ޗެނަލް މީޑިއާ ނެޓުން ތައާރަފުކޮށްފިއެވެ.
މީޑިއާ ނެޓުގެ ފެމެލީ ޕެކޭޖުގައި ހިމަނައިގެން ދޫކުރާ މި ޗެނަލް އިން ޑްރީމް ވޯކްސްގެ ކާޓޫނުތައް ސީރީޒްތަކުގެ ގޮތުގައި ދައްކާނެއެވެ.
"ކުޑަކުދިންނާ އާއިލާތައް އެކުގައި ތިބެގެން ބަލާލެވޭނެ އުފެއްދުންތަކެއް ފެންނާނެ،" ޑްރީމް ވޯކްސް ޗެނަލް މީޑިއާ ނެޓުގެ ޕްލެޓު ފޯމަށް ތައާރަފު ކުރުމާ ގުޅިގެން މީޑިއާ ނެޓުން ބުންޏެވެ.
މި ޗެނަލް އެޗްޑީކޮށް ފެންނާނީ ޗެނަލް 838 އިންނެވެ.
މި ޗެނަލާއެކު މީޑިއާ ނެޓުގެ ހިދުމަތް ފުރިހަމަވެ، ކަސްޓަމަރުން ބޭނުންވާ ކޮންޓެންޓު ފޯރުކޮށްދިނުމުގައި އިތުރު ކުރިއެރުމެއް ލިބުނީ ކަމަށް ގަބޫލު ކުރާ ކަމަށްވެސް މީޑިއާ ނެޓުން ބުނެއެވެ.