ކަރަން ޖޯހަރު ޕްރޮޑިއުސް ކުރާ ފިލްމެއްގެ ލީޑު ކާސްޓުގެ ގޮތުގައި ކާމިޔާބު އެކްޓަރު އަކްޝޭ ކުމާރު އަދި ބަތަލާ ކަރީނާ ކަޕޫރު ޚާން ހަމަައްސައިފައިވާ ކަމަށް ޚަބަރުތައް ބުނެފިއެވެ.

ޚަބަރުތައް ބުނާގޮތުން ކަރީނާ އަދި އަކްޝޭ އެކުގައި ފެނިގެންދާނީ "ގުޑް ނިއުސް" ކިޔާ ފިލްމަކުންނެވެ. އެ ފިލްމު ޑައިރެކްޓު ކުރާނީ ރާޖް މެހެތާ އެވެ.

"ގުޑް ނިއުސް"ގެ ވާހަކަ ބިނާކޮށްފައި ވަނީ ދަރިއަކު ހޯދުމަށް މަސައްކަތް ކުރާ ދެމަފިރިންގެ ދިރިއުޅުމުގެ މައްޗަށެވެ.

މި އަހަރު ފަހުކޮޅު ޝޫޓިން ފެށުމަށް ހަމަޖެހިފައިފައިވާ އެ ފިލްމަކީ މަޖާ ފެމެލީ ޑްރާމާއެކެވެ. އަކްޝޭ އަދި ކަރީނާގެ އިތުރުން، "ގުޑް ނިއުސް" ގައި މުހިންމު ރޯލުތަކުން ދިލްޖީތު ދޯސާންޖް އަދި ކިއާރާ އަދްވާނީ ވެސް ފެނިގެންދާނެ ކަމަށް ޚަބަރުތައް ބުނެ އެވެ.

އަކްޝޭ އާއި ކަރީނާ ވަނީ މީގެ ކުރިން ވެސް އެކުގައި ގިނަ ފިލްމުތަކަކުން ފެނިގެން ގޮސްފައެވެ. ދެމީހުން އެންމެ ފަހުން އެކުގައި މަސައްކަތް ކުރީ މީގެ ނުވަ އަހަރު ކުރިން ފިލްމު "ކަމްބަކްތު އިޝްގް" ގައެވެ.