02 Aug 2018, 09:25
ބ.ގޮއިދޫ ސްކޫލުގެ ދަރިވަރުން "މިސައިލެއް" ޓެސްޓްކޮށްފި އެވެ.
ގޮއިދޫ ސްކޫލުގެ ޕްރިންސްޕަލް މުހައްމަދު ނިޒާމް ވިދާޅުވީ މިއީ އެ ސްކޫލުގައި ކިޔަވާ ދަރިވަރުން ކިޔަވާ މާއްދާތަކުގައި ހިމެނޭ މައުލޫމާތު އިތުރަށް ހޯދުމަށް ބޭއްވި ސައިންސް ފެއާގައި ގްރޭޑް އަށެއްގައި ކިޔަވަމުންދާ ދަރިވަރުން ހުށަހެޅި ޕްރޮޖެކްޓެއްގެ ތެރެއިން ހިންގި ހަރަކާތެއް ކަމަށެވެ.
ނިޒާމް ވިދާޅުވީ އެ މިސައިލް ހެދުމަށް ބޭނުންކޮށްފައި ވަނީ އެސްލޯން ހޮޅި އާއި ހުސްފުޅި ކަމަށެވެ. އަދި އެއްވެސް ކެމިކަލްއެއް ބޭނުންކުރުމުގެ ބަދަލުގައި މިސައިލް ޓެސްޓް ކުރީ ފެނާއި ވައިއިން ކަމަށް ވެސް ނިޒާމް ވިދާޅުވި އެވެ.
Ahmed Irshad
Happy that B. Goidhoo School Students likes Science and there projects. Keep it up Principal Mohamed Nizam ???????? #HatsOfftoThisAmzaingKids
ނިޒާމް ވިދާޅުވީ މި ފަހަރު ބޭއްވި އެ ފެއާގައި އެންމެ ބޮޑު ސަމާލުކަމެއް ވެސް ލިބުނީ މިސައިލް ޕްރޮޖެކްޓަށް ކަމަށެވެ.
ނިޒާމް ވިދާޅުވީ އެ ސައިންސް ފެއާ އަކީ ކޮންމެ ދެ އަހަރުކުން އެއް އަހަރަކު ކުރިއަށް ގެންދާ ފެއާއެއް ކަމަށެވެ. އަދި މި ފަހަަރުގެ ފެއާގައި ކޮންމެ ގްރޭޑަކުން ވެސް ދެ ޕްރޮޖެކްޓް ދައްކާލި ކަމަށެވެ.
ގްރޭޑް އެކަަކުން 10 އަކާ ހަމައަށް ކިޔަވައިދޭ ގޮއިދޫ ސްކޫލުގައި 150 ކުދިން މިހާރު ދަނީ ތައުލީމް ހާސިލް ކުރަމުންނެވެ. އޭގެ ތެރޭގައި ބ. އަތޮޅު ފެހެންދޫގައި ދިރިއުޅޭ ދަރިވަރުން ވެސް ހިމެނެ އެވެ.