01 Aug 2018, 15:53
ރާއްޖޭގެ ވެރިކަން ޖުމްހޫރިއްޔަތަކަށް ބަދަލުވިތާ 50 އަހަރާ ދިމާކޮށް އެމްްއެމްއޭ އިން ނެރުނު ފައިސާ ފޮތި ވިއްކަން ފަށައިފި އެވެ.
އެމްއޭއިން ބުނީ އެ ފައިސާ ފޮތި އެމްއެމްއޭ އިން މިދިޔަ ހޯމަ ދުވަހުން ފެށިގެން ލިބޭނެ ކަމަށެވެ. އެ ފައިސާ ފޮތީގެ އަގަކީ 1500 ރުފިޔާ އެވެ.
މި އަހަރުގެ ގައުމީ އިނާމު ދިނުމަށް ޖުމްހޫރީ މައިދާންގައި ބޭއްވި ޖަލްސާގައި އެ ފައިސާ ފޮތި ނެރެދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމެވެ. އެމަނިކުފާނާ ފައިސާ ފޮތި ހަވާލުކޮށްދެއްވީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަހުމަދު ނަސީރު އެވެ.
އެމްއެމްއޭ އިން ބުނީ އެ ފައިސާ ފޮތީގެ މޫނުމަތީ އަގަކީ 150 ރުފިޔާ ކަމަށާއި އަދި އޭގައި 950 އައުންސްގެ ރިހި ހިމެނޭ ކަމަށެވެ. އަދި ބުނީ އެ ފައިސާ ފޮއްޗަކީ ކޮލިޓީ ޕްރޫފް ފައިސާ ފޮއްޗެއް ކަަމަށާއި އަދި އޭގައި ރަން ޕްލޭޓެއް ވެސް ހިމެނޭ ކަމަށެވެ.
އެ ފައިސާ ފޮތީގެ ބަރުދަނުގައި 28.28 ގްރާމް ހުރެ އެވެ.
ރާއްޖޭގެ މިނިވަން ކަމަށް 25 އަހަރު ފުރުމުގެ މުނާސަބަތުގައި 1990 ވަަނަ އަހަރު ވެސް ވަނީ ހަނދާނީ ރަން ފައިސާ ފޮއްޗަކާއި ރިހި ފައިސާ ފޮއްޗެއް ނެރެފަ އެވެ.