އައްޑޫ އަތޮޅު ހިތަދޫ ގައި މިއަދު އަލިފާނުގެ ދެ ހާދިސާއެއް ހިނގައި ގެއެއް ބަދިގޭގައި ހިފާގެން ގުޅޭ ހުރިހާ ސާމާނެއް އަނދައި ހުލިވެއްޖެ އެވެ.

ގައުމީ ދިފާއީ ބާރުގެ ސިފައިން ބުނީ ހިތަދޫގައި މިއަދު ފުރަތަމަ އަލިފާން ރޯވީ އެރަށު "ފިނިފަޅު” ކިޔާ ގެއެއްގެ ގުދަނުގައި ކަމަށާއި ރޯވީ ހެނދުނު ކަމަށެވެ. އަލިފާނުގެ މި ދެ ހާދިސާގައި ވެސް މީހަކަށް ގެއްލުން ލިބިފައެއް ނުވެއެވެ.

ފިނފަޅު ގޭގައި ލަކުޑިން ހަދާފައިވާ ގުދަނުގައި އަލިފާން ރޯވީ ހެނދުނު 9:00 ޖެހި އިރު އެވ. ރޯވި ގުދަނަކީ ބަދިގެއަކާ އެއްކޮށް ހަދައި ދަރުތަކެއް ބަހައްޓާގައި ހުރި ގުދަނެކެވެ. ގެއާއި ވަކިން ހަދާފައި ހުންނަ ގުދަނުގައި ރޯވި އަލިފާނުގެ ސަބަބުން އެގޭގެ ބަދިގެ ތެރޭގައި ހިފާގެންގުޅޭ ހުރިހާ ސާމާނެއް ވަނީ ބޭނުންނުކުރެވޭ ވަރަށް ވަނީ އަނދައިފަ އެވެ.

އަލިފާނުގެ ދެ ވަނަ ހާދިސާއެއް ހިނގީ ހިތަދޫ އޮޑެއްސަލައިގެ ވަލުގެ ސަރަހައްދެއްގައި ހުންނަ ފަޅުގެއެއްގެ ކައިރީގައި އޮތް ވިނަގަނޑެއްގަ އެވެ. މެންދުރު 2:25 އެ ސަރަހައްދުގައި އަލިފާން ރޯވުމާއެކު ސިފައިން ވަނީ ކުޑައިރުކޮޅެއްގެ ތެރޭގައި ނިއްވާލާފަ އެވެ.