ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ދޭ އެންމެ ޝަރަފުވެރި އެވޯޑް ކަމަށްވާ މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ގޯލްޑް ޕާޓްނަރަކަށް އެލިއާ އިންވެސްޓްމަންޓްސް ހަމަޖައްސައިފި އެވެ.

މަޓާޓޯ އިން ބުނީ، އެލިއާ އާ އެކު މިއަދު ސޮއި ކުރި އެއްބަސްވުމާ އެކު، ޓްރެވަލް އެވޯޑްސްގެ ދަށުން ދެމުން އަންނަ ގެސްޓްހައުސް އެޑިޝަންގެ މި އަހަރުގެ ޓައިޓްލް ސްޕޮންސަރަކަށް ވާނީ އެ ކުންފުނި ކަމަށެވެ.

މިއީ އެލިއާ އިން ޓްރެވަލް އެވޯޑްސްގައި ބައިވެރިވާ ދެ ވަނަ ފަހަރެވެ. އެލިއާގެ އިތުރުން، މި އަހަރުގެ އެވޯޑްސްގެ ޕާޓްނަރުންނަކީ:

  • ޕްލެޓިނަމް ޕާޓްނާ: އުރީދޫ މޯލްޑިވްސް

  • ގޯލްޑް ޕާޓްނާ: މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ
  • ސިލްވާ ޕާޓްނާ: އެލައިޑް އިންޝުއަރަންސް
  • ޕްރިންޓިން ޕާޓްނާ: ޕްރިން ޓްލެބް
  • ފޮޓޯގްރަފީ ޕާޓްނާ: ޑިޖިޓަލް ސްޓޫޑިއޯ
  • އޮންލައިން މީޑިއާ ޕާޓްނާ: ސަން އޮންލައިން
  • ޓްރެވަލް މީޑިއާ ޕާޓްނާ: މޯލްޑިވްސް އިންސައިޑާ
  • ޑިޖިޓަލް ޕާޓްނާ: ކޯޑްފްލައި
  • އެޑްވަޓައިޒިންގް ޕާޓްނާ: ބްލަކް

މިއަހަރަކީ މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް ބާއްވާ ހަތް ވަނަ އަހަރެވެ. ގެސްޓްހައުސް އެޑިޝަނަކީ މިއަހަރުގެ އެވޯޑްސްގެ ފުރަތަމަ ހަރަކާތެވެ. ގެސްޓްހައުސް އެޑިޝަން އޮންނާނީ މި މަހުގެ 11 ވަނަ ދުވަހު ހުޅުމާލޭގައި ބާއްވާ ކުލަގަދަ ރަސްމިއްޔާތެއްގަ އެވެ.

ޓްރެވަލް އެވޯޑްގެ ގާލާ އެޑިޝަން އޮންނާނީ ފަހުގެ ތަރީހެއްގަ އެވެ. އަދި ޓްރެވަލް އެވޯޑްސްގެ ޕީޕަލްސް އެޑިޝަނުގެ އެވޯޑުތައް ދިނުން އޮންނާނީ ވެސް ގަލާ އެޑިޝަންގަ އެވެ.

އޭގެ އިތުރުން މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ގާލާއާ އެކު، މަޓާޓޯ މޯލްޑިވްސް ޓްރެވަލް ކޮންފަރަންސް އޮންނާނެ އެވެ. މި ކޮންފަރެންސަކީ މީގެ ތިން އަހަރު ކުރިން ފެށިގެން، ޓްރެވަލް އެވޯޑްސްގެ ގަލާ ވިލޭރޭ، ޓޫރިޒަމް ދާއިރާގެ އިސްވެރިން އެއްތަނަކަށް އައިސް މަޝްވަރާ ކުރަން ބާއްވާ ބައްދަލުވުމެކެވެ.