Back
Nov 24, 2025 SUN
SUN

މަޖިލީހުގެ ދެވަނަ ދައުރުގެ މުއްދަތު ކުރު ކުރަން މަޖިލީހުން ފާސްކޮށްފި

މަޖިލީހުގެ ދެވަނަ ދައުރުގެ މުއްދަތު ކުރު ކުރަން މަޖިލީހުން ފާސްކޮށްފި
Lead photo

ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ މުއްދަތު ކުރު ކުރުމަށް މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޖުމްލަ 27 މެމްބަރުން ބައިވެރިވި އެވެ. ތާއީދުކުރައްވައި ވޯޓު ދެއްވީ 26 މެމްބަރުންނެވެ. ނުފެންނަ ކަމަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ މުއްދަތު ކުރު ކުރުމަށް މަޖިލީހުގެ އާންމު ކޮމެޓީގެ މެންބަރުންގެ އަޣުލަބިއްޔަތުން އިއްޔެ ވަނީ ފާސްކޮށްފަ އެވެ.

މަޖިލިހުގެ ގަވައިދުގައި މިހާރު އޮތް ގޮތުން ދެވަނަ ދައުރު ހިނގާނީ ކޮންމެ އަހަރެއްގެ ވެސް ޖޫން މަހުން ފެށިގެން އޯގަސްޓް މަހުގެ ނިޔަލަށެވެ. އާންމު ކޮމިޓީން އެ ގަވައިދަށް ގެނައި ބަދަލާ އެކު، ދެވަނަ ދައުރު ހިނގާނީ ޖޫން މަހުން ފެށިގެން އޯގަސްޓް މަހުގެ 16 އަށެވެ.

ތިން ވަނަ ދައުރު ހިނގާނީ އޯގަސްޓް މަހުގެ 27 އިން ނޮވެމްބަރު މަހުގެ ނިޔަލަށް ކަމަށް ވެސް އާންމު ކޮމިޓީން ފާސް ކުރި އިސްލާހުގައިވެ އެވެ. މިހާރު އޮންނަ ގޮތުން ތިން ވަނަ ދައުރަކީ ކޮންމެ އަހަރެއްގެ ވެސް އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ.

މަޖިލީހުގެ ދައުރު ތިން ދައުރަކަށް ބަހާފައިވާ އިރު، ފުރަތަމަ ދައުރުގެ ޖަލްސާތައް ހިނގާ މުއްދަތަކަށް ބަދަލެއް ނުގެނެ އެވެ.

ތަންތީގައި އެއްބަސް

މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.

Back to feed

Browse topics