ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ މުއްދަތު ކުޑަކުރުމަށް މަޖިލީހުގެ އާންމު ކޮމެޓީގެ މެންބަރުންގެ އަޣުލަބިއްޔަތުން އިއްޔެ ފާސްކޮށްފިއެވެ.

މަޖިލިހުގެ ގަވައިދުގައި މިހާރު އޮތް ގޮތުން ދެވަނަ ދައުރު ހިނގާނީ ކޮންމެ އަހަރެއްގެ ވެސް ޖޫން މަހުން ފެށިގެން އޯގަސްޓް މަހުގެ ނިޔަލަށެވެ.

އާންމު ކޮމިޓީން އެ ގަވައިދަށް ގެނައި ބަދަލާއެކު، ދެވަނަ ދައުރު ހިނގާނީ ޖޫން މަހުން ފެށިގެން އޯގަސްޓް މަހުގެ 16 އަށެވެ.

ތިން ވަނަ ދައުރު ހިނގާނީ އޯގަސްޓް މަހުގެ 27 އިން ނޮވެމްބަރު މަހުގެ ނިޔަލަށް ކަމަށް ވެސް އާންމު ކޮމިޓީން ފާސް ކުރި އިސްލާހުގައިވެއެވެ. މިހާރު އޮންނަ ގޮތުން ތިންވަނަ ދައުރަކީ ކޮންމެ އަހަރެއްގެ ވެސް އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ.

މަޖިލީހުގެ ދައުރު ތިން ދައުރަކަށް ބަހާފައިވާއިރު، ފުރަތަމަ ދައުރުގެ ޖަލްސާތައް ހިނގާ މުއްދަތަކަށް ބަދަލެއް ނުގެނެއެވެ.

އާންމު ކޮމިޓީން ގެނައި މި ދެ ބަދަލަށް މަޖިލިހުގެ ތަޅުމުގައި މިއަދު ވޯޓަށް އަހާނެ އެވެ.