ޓީސީރީޒް މިޔުޒިކް ލޭބަލްގެ ބާނީ ގުލްޝަން ކުމާރުގެ ހަޔާތުގެ މައްޗަށް އުފައްދަން ނިންމައިފައިވާ ފިލްމު، ''މޮގުލް'' ދޫކޮށްލީ ފިލްމުގެ ސްކްރިޕްޓާ މެދު ހިތްހަމަނުޖެހިގެން ކަމަށް އަކްޝޭ ކުމާރު ބުނެފިއެވެ.

އަކްޝޭ ފިލްމު ދޫކޮށްލީ އަކްޝޭ އާއެކު ފިލްމު އިއުލާނު ކުރިތާ އަހަރެން ފަހުންނެވެ. ފިލްމު ދޫކޮށްލިކަން ކުރިން އަކްޝޭ ހާމަކޮށްފައި ވީނަމަވެސް، ސަބަބެއް ހާމަނުކުރެއެވެ.

ވަރަށް ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަކްޝޭ މިވަނީ އޭނާ ފިލްމު ދޫކޮށްލި ސަބަބު ހާމަކޮށްފައެވެ. އަކްޝޭ ބުނީ ސްކްރިޕްޓުގައި އޭނާ ހިތްހަމަނުޖެހޭ ބައެއް ކަންކަން ހުރި ކަމަށާއި، ފިލްމު ދޫކޮށްލީ އެހެންވެ ކަމަށެވެ.

ފިލްމުގެ ފުރަތަމަ ޕޯސްޓަރު ރިލީޒް ކުރި ރިރު، ޕޯސްޓަރުގައި އަކްޝޭގެ ފޮޓޯ ޖަހައިފައި ނުވި ނަމަވެސް، އަކްޝޭގެ ނަން ފަވާލައިފައިވެއެވެ.

އަކްޝޭ ފިލްމު ދޫކޮށްލުމުން، ޕްރޮޑިއުސަރު ބުޝަން ކުމާރު ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އަދި އަކްޝޭއަށް ވުރެ ފުންނާބު އުސް ފަންނާނެއް އެ ރޯލަށް ހަމަޖައްސާނެ ކަމަށް ބުނެ ބުޝަން، އަކްޝޭ އަށް ޗެލެންޖު ކޮށްފައިވާ ކަމަށް ވެސް ޚަބަރުތައް ބުނެއެވެ.

ޚަބަރުތައް ބުނާ ގޮތުން ބުޝަން މިހާރު މަސައްކަތް ކުރަމުން އަންނަނީ އެ ފިލްމަށް ސަލްމާން ޚާން އަދި އާމިރު ޚާންގެ އާނބަސް ހޯދުމަށެވެ. އެގޮތުން އޭނާ އާއެކު ފިލްމު ޕްރޮޑިއުސް ކުރުމަށް އާމިރުގެ ކިބައިން އެދިފައިވާ ކަމަށާއި ފިލްމުގެ ލީޑު ރޯލަށް ސަލްމާން ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެއެވެ.

މިއަހަރު ރިލީޒް ކުރަން މަސައްކަތް ކުރި "މޮގުލް"ގެ ކާސްޓު ހަމަނުޖެހި ގިނަ ދުވަސްތަކެއް ވުމުން، ފިލްމު ރިލީޒް ކުރެވޭނީ އަންނަ އަހަރު ފަހުކޮޅު ކަމަށް ބެލެވެއެވެ.