31 Jul 2018, 19:28
ށ. ފުނަދޫގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީީސީ) އިން ފަށައިފިއެވެ.
އެމްޓީސީސީން ބުނީ ތާރު އެޅުމުގެ މަޝްރޫއުގެ ދަށުން 4.8 ކިލޯ މީޓަރުގެ ދިގުމިނުގެ ސަރަހައްދެއްގައި ތާރުއެޅުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ފުނަދޫގެ މަގުތައް ރަނގަޅު ފެންވަރަކަށް ހަދައި ތާރު އެޅުމަށް ހައުސިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކުރީ 2015 ވަނަ އަހަރު އެވެ.
ފުނަދޫ މަގު ހެދުމުގެ މަޝްރޫއަކީ 46 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

ފުނަދޫ މަގުތަކުގައި ތާރަ އެޅުމުގެ ތައްޔާރީތައް ވަނީ ---ސަން ފޮޓޯ/ މުހައްމަދު އަފްރާޙް
އެމްޓީސީސީން ބުނީ އެރަށުގެ މައި މަގުތަކާއި ހަނިމަގުތަކުގައި ތާރުއެޅުމަށް ނިންމާފައިވާ ކަމަށެވެ. އެކުންފުނިން ބުނިގޮތުގައި ބޮޑު މަގުގައި ތާރު އަޅާނީ މަގުގެ ދެ ފަރާތުގައި ޕޭވްމަންޓު ހަދައި، މަގުގެ މެދުގައި ގަސް އިންދޭ ގޮތަށެވެ.
އަދި ހަނި މަގުތަކުގައި ތާރު އަޅަނީ ހަމައެކަނި އެއް ފަރާތުގައި ޕޭވްމަންޓެއް ހަދާ ގޮތަށް ކަމަށް އެމްޓީސީސީ އިން ބުންޏެވެ.
އޭގެ އިތުރުން މަގުތަކުގައި ލައިޓް ތަކާއި ރޯޑްސައިންތައް ހަރުކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެމްޓީސީން ބުންޏެވެ.

ފުނަދޫ މަގެއްގައި ތާރަައަޅަންފަށާފައި---ފޮޓޯ/ ފުނަދޫ ލައިން
އެމްޓީސީސީން ބުނީ މަގުތައް ހެދުމުގެ 85 ޕަސެންޓް މަސައްކަތް ޖޫން މަހުގެ ނިޔަލަށް ނިމިފައިވާ ކަމަށެވެ. އަދި ތާރު އެޅުމުގެ މަސައްކަތް ސެޕްޓެމްބަުމަހުގެ ނިޔަލަށް ނިންމާލުމަށް މަސައްކަތް ކުރަމުންގެންދާ ކަމަށް އެކުންފުނިން ބުންޏެވެ.