މުުވައްޒަފުންނަށް ނުފޫޒުފޯރުވައިގެން ސިޔާސީ މަސައްކަތް ކުރުވާ ނަމަ އެކަންތައްތައް ބަލައި ފިޔަވަޅު އަޅާނެ ކަމަށް ލޭބާ ރިލޭސަންސް އޮތޯރިޓީން ބުނެފި އެވެ.

އެ އޮތޯރިޓީގެ އިންފޮމޭޝަން އޮފިސަރު، އަލީ ޝަރީފް މިއަދު "ސަން" އަށް ވިދާޅުވީ މުވައްޒަފުންނަށް ނުފޫޒު ފޯރުވައިގެން ވަޒީފާއާ ބެހޭ ގާނޫނާ ހިލާފަށް ސިޔާސީ މަސައްކަތް ކުރުއްވާ ނަމަ އެކަންތައްތައް ބަލައި ފިޔަވަޅު އަޅާނެ ކަމަށެވެ.

އޭނާ ވިދާޅުވީ މަޖުބޫރުން ސިޔާސީ މަސައްކަތް ކުރުވާ ނަމަ އެ އޮތޯރިޓީ އަށް ހުށައެޅުމުން އެ މައްސަލަ ބަލާނެ ކަމަށެވެ.

"ނުފޫޒް ފޯރުވައިގެން މަޖުބޫރުން ވަޒީފާއާ ބެހޭ ގާނޫނާ ހިލާފަށް ސިޔާސީ މަސައްކަތް ކުރުވާ ނަމަ އެކަން ބަލައި ފިޔަވަޅު އަޅާނަން. މި ފަދަ މައްސަލަ އެއް އޮތް ނަމަ ހުށައަޅުއްވާ، އެކަމެއް ބަލައި ފިޔަވަޅު އަޅާނަން." ޝަރީފް ވިދާޅުވި އެވެ.

ވަޒީފާ އާއި ބެހޭ ގާނޫނުގައި ބުނާ ގޮތުން އެއްވެސް މުއައްޒަފެއް ލައްވައި މަޖުބޫރުން ވަކި މީހަކަށް ފައިދާއެއް ހޯދައިދިނުމުގެ ގޮތުން ކަމެއް ކުރުމަކީ ގާނޫނާ ހިލާފު ކަމެކެވެ.