އޭއެފްސީ ފުޓްސަލް ޗެމްޕިއަންޝިޕް 2012 ގެ ކޮލިފައިން ބުރުގައި ސައުތު އަދި ސެންޓްރަލް ސަރަހައްދުން ވާދަކުރާ ޓީމުތައް ކުޅެންޖެހޭ ތަނާއި ވަގުތުތައް އެ އިދާރާއިން ހާމަކޮށްފި އެވެ.
މި މުބާރާތުގައި ރާއްޖެ ހިމެނޭ ފަޅީގެ މެޗުތައް ކުރިއަށް ދާނެ ވަގުތުތައް ތިރީގައި އެވަނީ އެވެ.
25 ނޮވެމްބަރު 2011
ތުރުކުމެނިސްތާން – ދިވެހިރާއްޖެ، 11:30
ކިރްގިސްތާން – ތަޖިކިސްތާން، 14:30

26 ނޮވެމްބަރު 2011
ދިވެހިރާއްޖެ – ކިރްގިސްތާން، 11:30
ތަޖިކިސްތާން – ތުރުކެމެނިސްތާން، 14:30

27 ނޮވެމްބަރު 2011
ތުރުކެމެނިސްތާން – ކިރްގިސްތާން، 11:30
ތަޖިކިސްތާން – ދިވެހިރާއްޖެ، 14:30

މިހުރިހާ މެޗެއްވެސް ކުޅުމަށް ހަމަޖެހިފައިވަނީ ތުރުކުމެނިސްތާނުގެ އަޝްގަބާތް ސްޕޯޓްސް ކޮމްޕްލެކްސް ގައެވެ.
ރާއްޖެ ހިމެނޭ ފަޅީގައި އެއް ގްރޫޕް ހިމެނޭއިރު އަނެއް ތިން ފަޅީގައި ދެ ގްރޫޕެއް ހިމެނެއެވެ. ކޮންމެ ފަޅިއަކުން ވެސް މުބާރާތަށް ކޮލިފައިވާނީ އެންމެ ކުރީގައި އޮންނަ ތިން ޓީމެވެ. ކޮލިފައިވާ ތިން ޓީމު ވާދަކުރަންޖެހޭނީ މުބާރާތަށް އޮޓޮމެޓިކުން ކޮލިފައިވި ހަތަރު ޓީމާއެވެ. އެ ހަތަރު ޓީމަކީ އެންމެ ފަހުގެ ޗެމްޕިއަން ޖަޕާނާއި، ރަނަރަޕް އުޒްބަކިސްތާނާއި. ތިންވަނަ ޓީމު ޖަޕާނުގެ އިތުރުން މުބާރާތް ބާއްވާ ޔުނައިޓެޑް އަރަބް އެމިރޭޓްސް އެވެ.

2012 ވަނަ އަހަރު ފެށުމަށް ހަމަޖެހިފައިވާ އޭއެފްސީ ފުޓްސަލް ޗެލެންޖް ކުރިއަށް ދިއުމަށް ހަމަޖެހިފައިވަނީ 12 އިން 22 މެއި 2012 ގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް ގެ ދުބާއީ ގައެވެ.