31 Jul 2018, 09:07
ދެ ހާސް ބާރަ ވަނަ އަހަރު ރިލީޒްކުރި ކަރަން ޖޯހަރުގެ ކާމިޔާބު ފިލްމު، 'ސްޓުޑެންޓް އޮފް ދަ އިޔާ'ގެ ދެ ވަނަ ބައި 'ސްޓުޑެންޓް އޮފް ދަ އިޔާ 2' ރިލީޒްކުރުން ފަސްކޮށްފިއެވެ.
ކުރިން އެ ފިލްމު އަންނަ ނޮވެމްބަރު މަހު ރިލީޒްކުރަން ހަމަޖެހުނު ނަމަވެސް މިހާރު ފިލްމު ވަނީ އަންނަ އަހަރުގެ މެއި މަހުގެ 10 ވަނަ ދުވަހު ރިލީޒްކުރާ ގޮތަށް ފަސްކޮށްފައެވެ.
"ސްޓޫޑެންޓް އޮފް ދަ އިޔާ 2" އިން ފިރިހެން ދެ ލީޑެއް ފެނުނު ނަމަވެސް ދެވަނަ ބައިގައި ފެނިގެންދާނީ އަންހެން ދެ ލީޑެވެ. ބޮލީވުޑަށް މުޅިން އަލަށް ތައާރަފްވާ ދެ ލީޑަކީ ތާރާ ސުޓަރިއާ އަދި އަނަންޔާ ޕަންޑޭ އެވެ.
Tiger Shroff, Ananya Pandey and Tara Sutaria...#StudentOfTheYear2gets a new release date: 10 May 2019... Punit Malhotra directs...#SOTY2pic.twitter.com/d0kyOepqRr
— taran adarsh (@taran_adarsh)July 30, 2018
އެ ފިލްމު ޑައިރެކްޓު ކުރާނީ ޕުނީތު މަލޯތުރާއެވެ. އަދި އެ ފިލްމަކީ ކަރަން ޖޯހަރުގެ ދަރްމާ ޕްރޮޑަކްޝަންސް އިން ގެނެސްދޭ ފިލްމެކެވެ.
ދެހާސްބާރަ ވަނަ އަހަރު ނުކުތް ފިލްމު ސްޓޫޑެންޓް އޮފް ދަ އިޔާގައި ހަރަކާތްތެރިވެފައި ވަނީ އާލިއާ ބަޓް، ވަރުން ދަވަން އަދި ސިދާތު މަލްހަތްރާ އެވެ. އެ ތިން ތަރިންނަކީ ވެސް އެ ފިލްމުން ބޮލީވުޑަށް ތައާރަފްވި ތިން ތަރިންނެވެ.