Back
Nov 24, 2025 SUN
SUN

ބްރިޖްގެ މަސައްކަތްކުރަން އެޅި ޕްލެޓްފޯމްގެ ބޮޑުބައެއް ނަގައިފި

ބްރިޖްގެ މަސައްކަތްކުރަން އެޅި ޕްލެޓްފޯމްގެ ބޮޑުބައެއް ނަގައިފި
Lead photo

މާލެއާއި ހުޅުމާލެއާ ދޭތެރޭ އަޅާފައިވާ "ސިނަމާލެ ބުރިޖް"ގެ މަސައްކަތްކުރުމަށް އެޅި ދަގަނޑު ޕްލެޓްފޯމްގެ ބޮޑުބައެއް ނަގައިފިއެވެ.

ބުރިޖް ހެދުމުގެ މަސައްކަތަށް ބޭނުންވާ ގިނަ ސާމާނު އުފުލީ މި ޕުލެޓްފޯމްގެ މަތިންނެވެ. ނަމަވެސް މިހާރު ބުރިޖްގެ ބޮޑުބައެއް ނިމިފައިވާތީ މި ޕްލެޓްފޯމް ދަނީ ނަގަމުންނެވެ.

ބުރިޖް ހުޅުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ދާއިރު މިހާރު ބުރިޖާ ގުޅޭ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. ދެން އޮތީ ލައިޓުތައް ހަރުކުރުމެވެ. އެ މަސައްކަތް ވެސް ނިންމައި އަންނަ މަހުގެ ފަހުކޮޅު ހުޅުވޭނެ ކަމުގެ ޔަގީންކަން، ބްރިޖު އަޅާ ޗައިނާގެ ސީސީސީސީން ވަނީ ދީފައެވެ.

މި ހުރިހާ މަސައްކަތްތަކެއް ނިމި އަންނަ މަހު ބުރިޖް ހުޅުވޭނެ ކަމައްވެސް ހައުސިންގ މިނިސްޓްރީން ވަނީ ބުނެފައެވެ.

ސިނަމާލެ ބްރިޖު އެޅުމަށް ޖުމްލަ 300 މިލިއަން ޑޮލަރު ޚަރަދު ވިއެވެ. އަދި ބްރިޖު އެޅުމަށް ޗައިނާ ސަރުކާރުން 100 މިލިއަން ޑޮލަރުގެ ހިލޭ އެހީއާ ވެސް އެކުގައެވެ.

އަދި 170 މިލިއަން ޑޮލަރު ޗައިނާއިން ދެނީ ލޯނުގެ ގޮތުގައެވެ. އެ ލޯނުގެ އިންޓްރެސްޓަކީ ދެ ޕަސެންޓެވެ. ބުރިޖު އެޅުމަށް ދިވެހި ސަރުކާރުން ހޭދަކުރާނީ ބާކީ 30 މިލިއަން ޑޮލަރެވެ.

ތަންތީގައި އެއްބަސް

މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.

Back to feed

Browse topics