ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އުމްރާނީ އެކި މަސައްކަތްތައް ވަރަށް ހަލުވިކަމާއެކު ދަނީ ކުރެވެމުންނެވެ.

މިގޮތުން، އުމުރާނީ މަސައްކަތްތަކަށް އެންމެ އެކަށޭނަ ހެވީ ވެހިކަލް އެމްޑަބްލިޔުއެސްސީއިން މިހާރު ދަނީ ކުއްޔަށް ދޫކުރަމުންނެވެ.

ކެރޭނު، ފޯކްލިފްޓް، އެކްސްކެވޭޓަރ، ބެކްހޯ ލޯޑަރ، ކެރޭނު ލޮރީ، ޓްރަކްގެ އިތުރުން ޕަވާގޭޓް ޓްރަކްވެސް މިހާރު އެމްޑަބްލިއުއެސްސީ ޝޯރޫމް މެދުވެރިކޮށް ކުއްޔަށް ލިބެން ހުންނާނެއެވެ.

މީގެ އިތުރުން، އަތޮޅު ތެރޭގައި ފާމް ޓްރެކްޓާ، ޓްރެއިލާ އަދި ލޭންޑިންގ ކްރާފްޓް ވެސް ކުއްޔަށް ލިބެން ހުންނާނެއެވެ.

ގްރޭޓާ މާލޭ ރީޖަން (މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި، ގުޅިފަޅު)ގެ އިތުރުން، އަތޮޅުތަކަށްވެސް އެމްޑަބްލިޔުއެސްސީ ޝޯރޫމާ ގުޅައިގެން، ހަމަޖެހިފައިވާ އުސޫލުތަކުގެ މަތިން އުޅަނދުތައް ކުއްޔަށް ނެގޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ:

އުޅަނދުތައް ކުއްޔަށް ހިފުމަށް ކޮންމެ ވަގުތެއްގައިވެސް ގުޅައިގެން ރިކުއެސްޓް ކުރެއްވޭނެއެވެ. ގަޑިއިރަކަށް، ދުވާލަކަށް، ހަފުތާއަކަށް، މަހަކަށް އަދި ދިގު މުއްދަތަށް (އެއް އަހަރު ދުވަހުގެ މުއްދަތަށް)ވެސް އުޅަނދު ކުއްޔަށް ނެގުމުގެ ފުރުސަތު ލިބޭނެއެވެ. އަދި މީގެ އިތުރުން، ދިގު މުއްދަަތަށް ކުއްޔަށް ނަންގަވާ ބޭފުޅުންނަށް ހާއްސަ އަގުތަކެއްގައި ކުއްޔަށް ދޫކުރެވޭނެއެވެ.