30 Jul 2018, 08:45
"ބާގީ 2"ފަދަ ކާމިޔާބު ފިލްމުތަކެއްް ބެލުންތެރިންނާ ހަމައަށް ގެނެސްދިން ޓައިގާ ޝްރޮފް އާ ވައްތަރު މީހަކު ފެނިއްޖެއެވެ.
އިންޑިއާގެ އައްސާމަށް އުފަން ޑޭވިޑް ސަހާރިއާ އަކީ ވެސް އެ ސްޓޭޓްގައި ފާހަގަކޮށްލެވޭވަރުގެ އެކްޓަރެކެވެ. އޭނާގެ އިންސްޓަގްރާމް ޕޭޖުގައި ހުރި ފޮޓޯތަކުން ގިނަ ބައެއްގެ ސަމާލުކަން އޭނާއަށް ލިބިފައިވާއިރު އޭނާ އެންމެ ވައްތަރީ ޓައިގާއާ ކަމަށް މީހުން ބުނެއެވެ.
ބޮލުގެ އިސްތަށިގަނޑުން ފެށިގެން ހަށިގަނޑާ ހަމައަށް ވެސް ޓައިގާ އާ ވައްތަރު ގޮތެއް ހުންނަ ޑޭވިޑް ފޮޓޯތަކަށް "ޕޯޒް" ކޮށްފައިވެސް ހުންނަނީ ޓައިގާ ފޮޓޯތަކުގައި "ޕޯޒް"ކޮށްފައި ހުންނަ ގޮތަށެވެ.
ބޭރުގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ޑޭވިޑް ބުނީ ޓައިގާ އާ ވައްތަރުވުމަށް އެއްވެސް މަސައްކަތެއް ނުކުރާ ކަމަށެވެ.
"އަސްލު ވަރަށް ގިނަ މީހުންނަށް ހީވޭ މީއޭ ޓައިގާ އަކީ. ބައެއް ފޭނުން ގޮވާވެސްލާނެ ޓައިގާ އޭ ކިޔާފައި،"
ދާދި ފަހުން ބޮލީވުޑްގެ ބަތަލު ސަލްމާން ޚާން އާ ވައްތަރު މީހެއްވެސް ވަނީ ފެނިފައެވެ. ޕްރިޔަންކާ އާ ވައްތަރު މީހެއް ވެސް ފެނިފައިވާއިރު ލަވަކިޔުންތެރިޔާ ރިހާނާ އާ ވެސް ވައްތަރު މީހެއް ވަނީ ފެނިފައެވެ.