29 Jul 2018, 12:00
ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް އުދަ އެރުން އެކަށީގެންވާ ކަމަށް ބުނެ މޫސުމާ ބެެހޭ ގައުމީ އިދާރާ (މެޓް)އިން ވައިޓް އެލާޓް ނެރެފި އެވެ.
މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައި ވަނީ މިއަދު މެންދުރު 12:30 އިން ހަވީރު 16:30 އަށެވެ.
ރާއްޖޭގެ މޫސުން މިއަދު ހެނދުނު 10:00 އިން މާދަމާ ހެނދުނު 10:00 އަށް ލަފާކޮށް މެޓް އޮފީހުން މިއަދު ބުނެފައި ވަނީ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވާ ކަމަށެވެ.
މެޓް އޮފީހުން ބުނި ގޮތުގައި އުތުރުގެ ސަރަހައްދުތަކަށް ދިޔަވަރު ބޮޑުވާނީ 13:31 ގައެވެ. މެދުތެރޭގެ ސަރަހައްދުތަކަށް 14:18ގައި ދިޔަވަރު ބޮޑުވާ އިރު ދެކުނުގެ ސަރަހައްދުތަކަށް 14:50 ގައި ދިޔަވަރު ބޮޑުވާނެ ކަމަށް ވެސް މެޓް އިން ވަނީ ބުނެފައެވެެ.
އަދި ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 5 މޭލާއި 15 މޭލުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާ ކުރި އިރު ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
މެޓް އިން ބުނެެފައި ވަނީ ޖުމްލަކޮށް ރާއްޖޭގެ ހުރިހާ ސަރަހައްދުތަކަށް ވެސް މޫސުން ރަނގަޅުވާނެ ކަމަށެވެ.