ދިރާގު ދިވެހި ލީގުގެ ތިން ވަނަ ބުރުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ކުލަބް އީގަލްސްއާ ދެކޮޅަށް ކުޅެ، 3-0 ލަނޑުން މާޒިޔާއިން މެޗް ކާމިޔާބު ކޮށްފިއެވެ.

މެޗްގައި މާޒިޔާގެ ލަނޑުތައް އެ ޓީމަށް ކާމިޔާބު ކޮށްދިނީ، އުރުގުއޭގެ ފޯވާޑް ފެނާންޑޯ ހަވިއޭ ރަމިރޭޒް ޗަޕާރޯއާ ޒުވާން ފޯވާޑް އަހުމަދު ރަޝީދު )އައްމަޑޭ( އެވެ.

ފުރަތަމަ ލަނޑު ޖަހާ މާޒިޔާއިން މެޗްގެ ލީޑް ނެގީ މެޗްގެ ހަތަރު ވަނަ މިނެޓްގައި ބިދޭސީ ކުޅުންތެރިޔާ ފެނާންޑޯ އެވެ. އަދި މާޒިޔާގެ ދެވަނަ ލަނޑާއި ތިން ވަނަ ލަނޑު އައްމަޑޭ ކާމިޔާބު ކޮށްދިން އިރު، އެ ދެ ލަނޑުވެސް އޭނާ މާޒިޔާއަށް ކާމިޔާބު ކޮށްދިނީ މެޗްގެ ދެ ވަނަ ހާފުގެ ކުރީކޮޅެވެ.

މި މެޗުން މޮޅުވުމުން މާޒިޔާ ވަނީ 31 ޕޮއިންޓާއެކު ތާވަލުގެ ތިން ވަނަ އަށް އަރާފަ އެވެ.