29 Jul 2018, 00:21
މާލެ އަތޮޅު ވާދޫ ރިސޯޓް ކައިރިން ބަންޑުން ޖަހާލައިފައިވާ ލޯންޗެއް ފެނިއްޖެއެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު ވިދާޅުވީ އެ ހާދިސާގެ މައުލޫމާތު އެމްއެންޑީއެފްއަށް ރިޕޯޓް ކޮށްފައިވަނީ މިރޭ 11:00 ޖެހި އިރު ކަަމަށެެވެ.
އެމްއެންޑީއެފުން ބުނީ އެ ހާދިސާ ރިޕޯޓްކޮށްފައިވަނީ މާލެއިން ފުރައިގެން ރިސޯޓަށް ދަތުުރުކުރި "ޝާހީ" ނަމަކަށް ކިޔާ ދޯންޏަކުން ކަމަށެވެ.
އެެމްއެންޑީއެފުން ބުނީ އެ ލޯންޗްގައި އެއްވެސް މީހަކު ހުރި ކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަަމަށެވެ.