17 Sep 2011, 10:04
ނައިބު ރައީސް ޑރ. މުޙަންމަދު ވަޙީދު ހަސަން މަނިކު އެމެރިކާއަށް ކުރައްވާ ދަތުރުފުޅެއްގައި ބުރާސްފަތި ދުވަހުގެ ރޭ ފުރާވަޑައިގެންފި އެވެ.
ރައީސް އޮފީހުން ބުނީ، ނައިބު ރައީސްގެ މި ދަތުރުފުޅުގައި އދ. ގެ ޢާންމު މަޖިލީހުގައި ތަގުރީރު ކުރައްވާނެ ކަމަށެވެ. އަދި އެކި ޤައުމުތަކުގެ ވެރިންނާއި އދ. ގެ އެކި ޖަމާޢަތްތަކުގެ އިސް ބޭފުޅުންނާ ނައިބު ރައީސް ބައްދަލުކުރައްވާނެ ކަމަށެވެ.