ދިމިޝްޤު (ސެޕްޓެމްބަރ 17) : ސޫރިޔާ ސަރުކާރާ ދެކޮޅަށް އެޤައުމުގެ އިދިކޮޅު ފަރާތްތަކުން އިއްޔެ ހުކުރުނަމާދަށްފަހު ކުރި މުޒާހަރާތަކުގައިވެސް ސަލާމަތީ ބާރުތަކުގެ އަތްދަށުން 46 މީހުން މަރާލާފައިވާ ކަމަށް ޚަބަރު ލިބިއްޖެވެ. އިއްޔެގެ މުޒާހަރާތައް ކުރިޔަށް ގެންދިޔައީ "ބައްޝާރުލްއަސަދްގެ ނިޒާމް ވައްޓާލެވެންދެން މުޒާހަރާކުރުން" މިޝިޢާރުގެ ދަށުންނެވެ.

އިިކޮޅު ފަރާތްތައް ތަމްޘީލްކުރާ ކޯޕަރޭޝަނުން ބުނިގޮތުގައި އިއްޔެގެ ހުކުރު ނަމާދަށްފަހު ސުލްޙަވެރިކަމާއެކު ރައްޔިތުންކުރި މުޒަހަރާތަކަށް ސަލާމަތީ ބާރުތަކުން ބަޑިޖަހައި 46 މީހުން މަރާލާފައިވާއިރު މީގެ ތެރެއިން 15 މީހުން މަރާލާފައިވަނީ އިދްލިބް ގައެވެ.

ސޫރިޔާ ސަރުކާރުގެ ނޫސްއެޖެންސީ "ސާނާ" ބުނީ ސަރުކާރު ވައްޓާލުމަށް މަސައްކަތްކުރާ ހަތިޔާރުއެޅި ބާޣީން މައިތިރިކުރުމަށްޓަކައި ސަލާމަތީ ބާރުތަކުން ހިންގި އޮޕަރޭޝަންތަކުގައި ފުލުހުންގެ އެކަކު މަރުވެ އިތުރުބަޔަކު ޒަޚަމްވި ކަމުގައެވެ.
އަނެއްކޮޅުން ތުރުކީގެ ބޮޑުވަޒީރު ރަޖަބް ތައްޔިބު އުރުދުޣާން ވަނީ އަނިޔާވެރި ޒާލިމުންނަށް އަދުގެ ދުނިޔޭގައި ފުރްސަތުނެތް ކަމަށާ އާޚިރުގައި ރައްޔިތުން، އަނިޔާވެރި ވެރިންގެ މައްޗަށް ނަސްރު ހޯދާނެކަމަށް ވިދާޅުވެ ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދުގެ ނަން ވިދާޅުނުވެ ބައްޝާރަށް އަމާޒުކޮށް ބަހުގެ ޙަމަލާތަކެއް ދެއްވާފައެވެ. ލީބިޔާގެ ވެރިރަށް ޓްރިޕޮލީގައި އިއްޔެގެ ހުކުރު ނަމާދު ކުރެއްވުމަށްފަހު ދެއްވި ބަޔާނެއްގައި އުރުދުޣާން ވިދާޅުވީ އަނިޔާވެރި ވެރިކަމަކާ ދެކޮޅަށް ސޫރިޔާގެ ރައްޔިތުން ކުރަމުން ގެންދަނީ ޖިހާދެއް ކަމަށާއި އަނިޔާވެރި ވެރިއަކާ ދެކޮޅަށް ޙައްޤުބަސް ބުނުމަކީ ޖިހާދު ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ.

ސޫރިޔާ ސަރުކާރުން ވޭތުވެދިޔަ 6 މަސްދުވަހުގެ ތެރޭގައި ދިން ޙަމަލާތަކުގައި އެޤައުމުގެ އާންމުންގެ 2700 އެއްހާމީހުން މަރުވެ އެތަށް ހާސްބަޔަކު ޒަޚަމްވެ 10 ހާހެއްހާ މީހުން ރެފިއުޖީންނަށް ވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. -- އަލްޖަޒީރާ

ވީޑިއޯ ބެއްލެވުމަށް

http://www.youtube.com/watch?v=vbz2Qsj4Ong&feature=player_embedded