ބްރެޒިލް އަދި ޗެލްސީއަށްވެސް ކޯޗުކަން ކޮށްދިން ލުއިޒް ފިލީޕޭ ސްކޮލާރީ އަނެއްކާވެސް އެނބުރި ބްރެޒިލް ލީގުގެ ޕަލްމެއިރާސްއާ ހަވާލު ވެއްޖެއެވެ.

ބްރެޒިލްގެ ސައުޕާލޯއަށް ނިސްބަތްވާ ޕަލްމެއިރާސްއާ ސްކޮލާރީ ހަވާލުވެފައި ވަނީ ދެއަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ. މީގެ ކުރިންވެސް ސްކޮލާރީ ވަނީ ދެ ފަހަރެއްގެ މަތިން ޕަލްމެއިރާސްއަށް ކޯޗުކަން ކޮށްދީފައެވެ.

އުމުރުން 69 އަހަރުގެ ސްކޮލާރީ މީގެ ކުރިން ޕަލްމެއިރާސްއަށް ކޯޗުކަން ކޮށްދީފައި ވަނީ 1997 ވަނަ އަހަރުން 2000 ވަނަ އަހަރާ ދެމެދުއެވެ. އަދި 2010 ވަނަ އަހަރު ޗެލްސީގެ ކޯޗުކަމުން އޭނާ ވަކި ކުރުމާއެކު އިތުރު ދެ އަހަރު އޭނާ ޕަލްމެއިރާސްއަށް ކޯޗުކަން ކޮށްދީފައިވެއެވެ.

ބްރެޒިލް ގައުމީ ޓީމާއެކު 2002 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ ސްކޮލާރީ ވަނީ 2014 ވަނަ އަހަރުވެސް ބްރެޒިލް ޓީމާއެކު ވޯލްޑް ކަޕަށް ނުކުމެފައެވެ. އޭނާއަށް އެ އަހަރުގެ ވޯލްޑް ކަޕް ނިންމާލަން ޖެހުނީ ސެމީ ފައިނަލްގައި ޖަރުމަނު އަތުން 7-1ގެ ނަތީޖާއަކުންނެވެ.

ޕަލްމެއިރާސްއާ ހަވާލުވުމުގެ ކުރިން އެންމެފަހުން ސްކޮލާރީ އަދާކޮށްފައިވާ ކޯޗުކަމުގެ ވަޒީފާއަކީ ޗައިނާގެ ގުއާންޒްހޯ އެވަގްރޭންޑްގެ ކޯޗުކަމެވެ.