27 Jul 2018, 17:44
ރާއްޖޭގެ 53 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި މިރޭ ބާއްވަން ހަމަޖެހިފައި އޮތް ހެވިކަމާއި ކުޅިވަރުގެ ކަރަކާތްތައް ފަސް ކުރަން ހޯމް މިނިސްޓްރީ އިން ނިންމައިފި އެވެ.
އެ ހަރަކާތްތައް އެންމެ ފުރަތަމަ ބާއްވަން ހަމަޖެހިފައި ވަނީ މިރޭ 20:15 ގައި ގަލޮޅު ދަނޑުގައެވެ.
ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ތޮލާލު "ސަން" އަށް ވިދާޅުވީ މިރޭ ބާއްވަން އޮތް ކުޅުވަރުގެ ހަރަކާތްތައް ފަސް ކުރަން ނިންމާފައި ވަނީ މާދަމާ ރެއަށް ކަމަށެވެ.
އެ ހަރަކާތްތައް ފަސް ކުރަން ހޯމް މިނިސްޓްރީން ނިންމި ވަކި ސަބަބެއް ތޮލާލު ވިދާޅެއްނުވެއެވެ.