27 Jul 2018, 16:58
ށ. ގާކޮށިބީގައި ހިންގާ ފެއާމޮންޓް މޯލްޑިވްސް ސިއްރު ފެންފުށި ރިސޯޓުގައި ބެހެއްޓި "ބުދުތައް" ނަގަން ރައީސް އޮފީހުން އަންގައިފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިއްރު ފެންފުށި ރިސޯޓުގައި "ބުދުތަކެއް" ހުރިކަމުގެ މައުލޫމާތު ރައީސް އޮފީހަށް ލިބިފައިވާ ކަމަށެވެ.
މުއާުް ވިދާޅުވީ އެތަކެތި ނެގުމުގެ މަސައްކަތް ޓޫރިޒަމް މިނިސްޓްރީއާއި ރިސޯޓުގެ މެނޭޖްމެންޓު ގުޅިގެން ކުރަމުން ގެންދާ ކަމަށެވެ. އަދި މާދަމާގެ ނިޔަލަށް އެތަކެތި ނެގުމަށް ރައީސުލްޖުމްހޫރިއްޔާ އަންގަވާފައިވާ ކަމަށްވެސް މުއާޒު ވިދާޅުވިއެވެ.
"Sh. Sirrufenfusheegai 'budhu' thakeh huri kamuge mauloomaathu Raeesuljumhooriyyaa ge ofeehah libumaai gulhigen dhannavan. Ethakethi negumuge masakkaiy@TourismMvaai e resort ge management aa gulhigen dhany kuriyah. Adhi mithakethi ekkoh negumuge masakkaiy maadhamaa ge
1/2— ɪʙʀᴀʜɪᴍ ᴍᴜᴀᴢ ᴀʟɪ (@SpokespersonMV)July 27, 2018
..niyalah ekkoh nimmumah Raeesuljumhooriyyaa ge Ofeehun mihaaru vaany@TourismMvah angavaafai." -im
— ɪʙʀᴀʜɪᴍ ᴍᴜᴀᴢ ᴀʟɪ (@SpokespersonMV)July 27, 2018
ސިއްރު ފެންފުށީގައި ހުޅުވި "އިންޓަ ޓައިޑަލް އާޓް މިއުޒިއަމް" އަކީ ދުނިޔޭގައި ވެސް ހުޅުވި އެފަދަ ފުރަތަމަ މިއުޒިއަމް އެވެ. "ކޮރަލޭރިއަމް"ގެ ނަން ދީފައިވާ އެ މިއުޒިއަމްގައި ޖުމްލަ އިންސާނުން ރަމްޒުވާ 14 "ބުދެއް" ބަހައްޓާފައި ހުރެއެވެ.
އެތަން ތައްޔާރުކޮށްފައި ވަނީ ދުނިޔެ ހޫނުވުމުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުފުލުމާ ގުޅޭގޮތުން މީހުންގެ ސަމާލުކަން ލިބޭ ގޮތަކަށެވެ.
އެތަން ތައްޔާރުކޮށްފައިވަނީ އިނގިރޭސިވިލާތުގެ މަޝްހޫރު ސްކަލްޕްޓާ ޖޭސަން ޑިކެއިރިސް ޓެއިލާއެވެ.
ސިއްރު ފެންފުށީގައި ހުރި ބުދުތައް ނަގަން ސަރުކާރުން އަންގާފައި މިވަނީ އެ ބުދުތައް ބެހެއްޓުމާ ދެކޮޅަށް ރާއްޖޭގެ ނަން މަޝްހޫރު ދީނީ އިލްމުވެރިން އަޑުއުފުލާފައި ވަނިކޮށެވެ